ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 09:32
ޕާނިޕަޓް ގެ ޕޯސްޓަރެއް
ޕާނިޕަޓް ގެ ޕޯސްޓަރެއް
ގޫގުލް
ޕާނިޕަޓް
"ޕާނިޕަޓް"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!
އެ ފިލްމަކީ ތާރީހީ ހަނގުރާމަ ފިލްމެއް
ޑަައިރެކްޓް ކުރަނީ އަޝުތޯޝް ގޮވަރިކާ

އަންނަ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ޓްރެއިލާ ދައްކާލުމުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް އެ ޓްރެއިލާ އަށް ލިބިއްޖެއެވެ.

އެ ފިލްމުގެ ޓްރެއިލާ އާންމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިހާތަނަށް ޔޫޓިއުބް މެދުވެރިކޮށް އެކަނިވެސް (25،093،394) ފަންސަވީސް މިލިއަން ނުވަދިހަ ތިންހާސް ތިން ސަތޭކަ ނުވަދިހަ ހަތަރު މީހުން ވަނީ ޓްރެއިލާ ބަލާފައެވެ.

ޓްރެއިލާ އިން ވެސް ދައްކުވައިދެނީ ހަނގުރާމަތަކެއްގެ މަންޒަރުތަކެކެވެ.

"ޕާނިޕަޓް" ގެ ޑައިރެކްޓަރަކީ ވަރުގަދަ މޮޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ އަޝުތޯޝް ގޮވަރިކާއެވެ. ގޮވަރިކާއަކީ "ލަގާން" އާއި "ސްވަދޭސް" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ.

2016 ވަނަ އަހަރު "މޮހެންޖޮ ދާރޯ" ގެނެސްދިން އަޝުތޯޝް" ގެ ކުރިޔަށް އޮތް ފިލްމު "ޕާނިޕަޓް" ގެ ލީޑު ރޯލުން ފެންނާނީ ބަތަލާ ކްރިތީ ސެނަން އާއި އަރްޖުން ކަޕޫރު އެވެ.

އޭގެ އިތުރުން ސަންޖޭ ދަތު އާއި ޕަދްމިނީ ކޯލަޕޫރީ، މޯނިޝް ބޭލް އަދި ޒީނަތު އަމަން ފަދަ ތަރިން އެ ފިލްމުން ފެންނާނެ ކަމަށް އިއުލާން ކޮށްފައިވާއިރުކުރީގެ ބޮލީވުޑްގެ ކާމިޔާބު ތަރި ސަޝީ ކަޕޫރު ދަރިފުޅު ކުނާލް ކަޕޫރް ވެސް ފެނިގެންދާނެ އެވެ.

- ކޮމެންޓް