ގަމުގެ ތިން އަވަށުގެ ކަރަންޓުގެ ނެޓްވާރކް އެއް ވިއުގައަކުން މި ސަރުކާރުން ގުޅާލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ލ. ގަމު ފެނެކަ އޮފީސް ހުޅުވުމަށް ގަމުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެދާއިރާގެ މެމްބަރު ވިސާމް ވިދާޅުވީ ހައްދުންމަތީ ގަމުގެ ރައްޔިތުންނަން ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ފެނެކަ ކޯޕަރޭޝަނުން ހައްލު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ. ގަމުގެ ތިން އަވަށުގައި ގާއިމްކޮށްފައިވާ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެން އަންނަނީ މުޅި ގަމުގެ ކަރަންޓް ނެޓްވޯކް އެއްނެޓްވޯކަށް ބަދަލޮށް އެކި ސަރަހައްދުތަގައި ޓްރާސްފޯމަރ ބަހައްޓާއިގެންކަމަށް ވިސާމް ވިދާޅުވިއެވެ.
ފެކަނަ ކޯޕަރޭޝަންގެ މެނޭޖިގް ޑިރެކްޓަރ އަހުމަދު ސައީދާ އިކޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވަޑައިގެންނެވި މި ރަސްމިޔާތުގައި ވިސާމް ވިދާޅުވީ ގަމުގެ ކަރަންޓް ނެޓްވޯކް އެއްނެޓްވޯކަކަށް ގާއިމްކުރުމުން މުކުރިމަގު އަދި މަތިމަރަދޫގެ އިންޖީންގެ ނިންވާލެވޭނެ ކަމަށެވެ. އަދި އެއްފުރާޅެއްގެދަށައް ގަމުގައި ތިން އަވަށު އިދާރީ ހިންގުން ގަމުގައި ހުޅުވުމުވުނު އޮފީހާއެކު ބަދަލުވާނެކަން ފާހަގަކުރަށްވާ ވިސާމް ވިދާޅުވީ އާބާދު ސަރަހައްދުގެ އިންޖީންގެ މި ވަގުތު ގަމުގެ ސެންޓަރ އިންޖީގެއަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެނަކައިން ފާށާފައިވާކަމަށެވެ.
އަވަށު އޮފީސްތަކުގެ ބަދަލުގައި، މަރުކަޒީ އެއް އޮފީސް ހަދައިގެން، ލ.ގަމުގެ ރައްޔިތުން ކުރިންވެސް ވަނީ އެއްބައިވަންތަ ކަމުގެ މިސާލު ދައްކަވާފަ، އަވަށުތެރެއަށް ދުންއަރާ އިންޖީނުތަށް ނިއްވާލާއި، މަރުކަޒީ އެއް އިންޖީނުގެ އަށް މިފަހަރު ބަދަލުކުރާނެ، މުޅި ގަން އެއް ނެޓްވީރކްއަކުން ގުޅާލާނެ.ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ވިސާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަމުގެ ކަރަންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލ. އަތޮޅުގެ އެކިރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. ފެނައިގެ ޓީމުން ރައްޔިތުން ބޭނުންވާ ބަދަލުގެންނާނެކަން ވިސާމް ފާހާގަކުރިއެވެ.
މި ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.