Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 13:00
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޑރ. އަހްމަދު އަބްދުﷲ ދީދީ
ސުޕްރީމް ކޯޓުގެ އެސްޖީއަށް ދިން އިންޒާރާއެކު އުއްތަމަ ފަނޑިޔާރުގެ އިތުރު މައްސަލައެއް!
ޑީޖޭއޭއާ އެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް އުއްތަމަ ފަނޑިޔާރު އިންޒާރުދެއްވި ކަމުގެ ތުހުމަތު ވަނީ ކުރެވިފައި
އެސްޖީގެ މަސައްކަތްތަކަށް އުއްތަމަ ފަނޑިޔާރު އަންނަނީ ހުރަސް އަޅުއްވަމުން: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހަސަން ފާއިޒް ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ދިން އިންޒާރާއެކު, އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީއިން ނިންމައިފިއެވެ.

ޖޭއެސްސީއިން އަންގާރު ދުވަހު ބޭއްވި ޖަލްސާއަށް ފަހު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ނަމަ، އުއްތަމަ ފަނޑިޔާރު ވަނީ އެސްޖީ ޑރ. ހަސަން ފާއިޒްގެ މަސައްކަތަށް ހުރަސް އަޅުއްވާފައެވެ. އަދި މި ފަހުން ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވައިދުތަކަށާއި އުސޫލުތަކަށް އަމަލުނުކުރުމަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Advertisement

އޭގެ އިތުރުން ޑީޖޭއޭއާ އެކު އެއްވެސް އިތުރު މުއާމަލާތެއް ނުކުރުމަށާއި، އެ ޑިޕާޓްމަންޓާ ގުޅިގެން އެސްޖީ ބަގާވާތެއް ކުރައްވަން އުޅުއްވާކަމަށްވެސް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ޑިޕާޓްމަންޓާ އެކު އެއްވެސް އިތުރު މުއާމަލާތެއް ކުރައްވައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ދެއްވިކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރާ ގުޅޭ އެހެން ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީން ބަލަމުން އަންނަ އިރު، ޑީޖޭއޭގެ ހިންގުން ޖޭއެސްސީއާ ހަވާލުކުރުމުން ޖުޑީޝަރީ ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުނު ފާޅުކޮށް އުއްތަމަ ފަނޑިޔާރު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އަދި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ސުލޫކީ މައްސަލަ ބެލުމުގެ އިހްތިސާސާ ޖޭއެސްސީއަކަށް ނޯންނާނެ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީއަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
- ކޮމެންޓް