Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 12:37
ވެލާނާގެ
ވެލާނާގެ
މުހައްމަދު ޝަރުހާން
ރަސްމީ ބަންދު ދުވަސް
އަންނަ އާދިއްތަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި
އާދިއްތަ ދުވަސް ބަންދުކުރަން ނިންމީ ހޮނިހިރު ދުވަހަކީ ރަސޫލާގެ އީދު މީލާދީ ދުވަހަށްވާތީ
ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަސް
ހަފްތާ ބަންދާއެކު ޗުއްޓީއަށް 4 ދުވަސް ލިބޭ

އަންނަ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާދިއްތަ ދުވަސް ބަންދުކުރަން ނިންމީ އަންނަ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހަށްވާތީ ކަމަށެވެ. އަދި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވެފައި އެ ދެމެދަށް ރަސްމީ އެއް ދުވަސް ވަންނާތީ ކަމަށް ހޫދު ވިދާޅުވިއެވެ.

Advertisement

ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާއި ޖުމްހޫރީ ދުވަހަކީ އަބަދުވެސް ރަސްމީ ބަންދު ދެ ދުވަހެވެ.

އަންނަ އާދިއްތަ ދުވަސް ބަންދުކުރުމަށް ނިންމުމުން ހަފްތާ ބަންދާއެކު ޗުއްޓީއަށް ޗުއްޓީ އަށް ހަތަރު ދުވަސް ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް