Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 09:52
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ހައިލަމް ހާޒިރުކުރާ ޖޭއެސްސީ ބައްދަލުވުމަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން މަޖިލިސް ހޫނުވެއްޖެ
ޖަލްސާ މެދުކެނޑިގެން ދިޔައީ އިދިކޮޅު މެމްބަރުން ނިޒާމީ މައްސަލަ ނަންގަވާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ހާޒިރުކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އިދިކޮޅު މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ޖަލްސާ ހުއްޓުމަކަށް ގެނެސްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ހުކުމް ކުރުމަށް ހަމަޖެހިފައިވާއިރު އެ ހުކުމަށް ނުފޫޒު ފޯރުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު މަސައްކަތްކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މެމްބަރުން ވަނީ ތުހުމަތުކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާ ފެށުމަށްފަހު އެޖެންޑާގައިވާ ވަޒީރުންނާއި ސުވާލުކުރުމުގެ ބައި ކުރިޔަށްދަނިކޮށް މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު ނިޒާމީ މައްސަލަ ނަންގަވާ މިއަދު ރައީސް ޔާމީނަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ ރައީސް ސުޕްރީމް ކޯޓަށް ވަޑައިގެން ހުކުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީން ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ތުހުމަތުކުރެއްވިއެވެ.

Advertisement

އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މަޖިލީހުގެ ޖަލްސާގައި ނިޒާމުން ބޭރުން ކަމެއް ހިނގާތޯ ސުވާލުކުރައްވާ އެކަން ސާފުކުރުމަށް އެދިވަޑައިގެންފައެވެ. މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އިދިކޮޅު ޕީޕީއެމް ޕީއެންސީ މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ އަޑުގަދަ ކުރައްވާފަ އެވެ. އެ މެމްބަރުން ވަނީ ކަށިގަނޑު ފުމެ އަޑުގަދަ ކުރައްވާ، ރިޔާސަތު އިންނަވާ މޭޒު ކުރިމަތީގައި ތިއްބަވާ އަޑުގަދަ ކުރައްވާފަ އެވެ.

މެމްބަރުން ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ ރައީސް ޖުޑީޝަރީ އަަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވުމުން މަޖިލީހުގެ ނައިބު ރައީސް ވަނީ މަޖިލީހުގެ ރައީސް އަކީ ޖޭއެސްސީގެ މެމްބަރެއްކަމަށާއި މަޖިލީހުގެ ރައީސް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވަނީ ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެ މެމްބަރުންނަށް އެނގިވަޑައިނުގަންނަވަނީތޯ އީވާ ސުވާލުކުރެއްވި އެވެ.

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ އެމްޑީޕީން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފަ އެވެ. އެ ދުވަހުގެ ޖަލްސާ ހޫނުވެގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވި މެސެޖެއް އާންމުވުމާއި ގުޅިގެން އެކަމާމެދު އެމްޑީޕީ މެމްބަރުން ވާހަކަދައްކަވަން ފެއްޓެވުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
5 ނޮވެންބަރ 2019 | އަންގާރަ 13:24
ގތ546
ޣައްސާނު ބުރޯ.. ނަގުލަކަށް އަޅެ ތަދެއް ނުވޭތަ؟؟ ތިވަރަށް ފިތިފަ ހުންނައިރު.. މިވެސް ދެން ސިޔާސީ މީހުން ވިއްޔަ... ލަދުން ބޯ ހަލާކު..