Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 18:37
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު
ބާރު ނުހިނގާ ގޮތަށް ކޯޓުތަކުގެ އިދާރީ ނިޒާމް ބޭއްވުުމަކީ ރައީސް އޮފީސް ހިންގުމަށް ރައީސް އަށް ބާރުނެތުން ފަދަ ކަމެއް: އުއްތަމަ ފަނޑިޔާރު
ކޯޓުތަކުގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވައިފައިވާ 8 ސޮފްހާގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިފަދައިން އަމަލު ކުރަމުން ގެންދިޔުމަކީ އެކަމުގެ ސަބަބަުން ސުޕްރީމް ކޯޓުގެ ބާރު ކެނޑި، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން އެ ކޯޓަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ މުޅި ޝަރުއީ ދާއިރާއާއި ޝަރުއީ ކޯޓުތައް ނިކަމެތިކޮށް ފަނޑިޔާރުންގެ މަސައްކަތައް ހުރަސްއަޅައި ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ މުޅި ނިޒާމް ފުނޑުފުނޑުކޮށްލުމުގެ ގޮތުން ހިންގޭ ޢައިރު ގާނޫނީ އަދި ޢައިރު ދުސްތޫރީ އަމަލުތަކެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ ދުސްތޫރި ޒިންމާ އަދާކުރުމަށް ހުވާކޮށްގެން ހުންނަ މީހަކަށް ވާއިރު، ގާނޫނު އަސާސިއަކީ ކުޅޭ ކުޅޭ އެއްޗަކަށް ހަދައި ގާނޫނު އަސާސީ މާނަކޮށް ތަފްސީރުކުރުމުގެ ދުސްތޫރީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަކޮށް ހުރުމަތާއި ހައިބަތު ގެއްލުވާލަން އޮތް އެއްޗެއް ކަމުގައި ވެގެންދިޔުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން ކަމަށެވެ.

Advertisement

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމް ޕެރެލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފި ނަމަ ފަނޑިޔާރުންނާއި މެދުގައި ފިޔަވަޅު އަޅާނެ ކަމުގައި ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއްކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓާއި ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އޮންނަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނެ އެއްވެސް ގޮތެއް ގާނޫނުއަސާސީއާއި ގާނޫނު އަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމިއޮތްހައި ހިނދަކު ނޯންނާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރު ލިބިގެންވަނީ ކޯޓުތަކަށް ކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތް ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނު އަސާސީން ކަށަވަރު ވާން އެބައޮތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މީހަކު ދައްކާހާ ބިރަކަށް ޖެހިލުން ނުވެ ފާނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ފަރާތަކަށް ތަފާތުކުރުމެއް ނެތި ފޯރުކޮށް ދިނުމުގެ އިތުރުން ގާނޫނު ނެގެއްހެޓުމުގެ އެންމެހައި މަސައްކަތް ކޯޓުތަކުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ބަޔާނެއް ނެރުއްވާފައިމިވަނީ ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
4 ނޮވެންބަރ 2019 | ހޯމަ 20:53
ފޭލި
ރައީސް އޮފީހަކީ ތަންފީޒީ އިދާރާއެކެވެ. ކޯޓް ތަކުގެ ފަޑީޔާރުންނަކީ އެ ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް ބަލަން ތިބޭ ބައެކެވެ. އެއީ ކޯޓްތަކުގެ އިދާރީ ކަންކަން ބަލަން ތިބޭ ބައެއް ނޫނެވެ. އުއްތަމަ ފަޑިޔާރު މޮޔަފުޅުވީތޯއެވެ. ފަޑިޔާރުންނާއި މަތިކޮށްފައިވާ ކަމަކީ ޝަރީއަތްތައް ހިންގާ ފައިސަލާ ކުރަނިވި ހުކުމެއް ނެރުމެވެ. އެނޫން ކަމަކާ ފަޑިޔާރުން ބެހޭކަށް ނުޖެހެއެވެ. ހެދުނު އަންނަގޮތައް މައްސަލަތައް ބެލުމާއި ދިރާސާކުރުމުގައެވެ.
4 ނޮވެންބަރ 2019 | ހޯމަ 18:41
ކުފޫ ހަމަނުވާ އުއްތަމަ
މޮޔަ މީހަކަށް ކަނޑިދޭކަށް ނުވާނެ މަޤާމުގެ ދަހިވެތިކަމުގައި އެކުގައި މަސައްކަތްކޮށް އެއްބަސްވެ ސޮއިކުރި ދެމީހެއްހެ ޒިއްދަޤީ ހަރާބުކޮށްލި ބަޔަކު އަދުލުވެރިއެއް ނުވާނެ.