Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 23:36
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު
މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު
ރާއްޖެއެމްވީ
ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ
ފުރަތަމަ 2 މުވައްޒަފުންވެސް މިނިސްޓްރީއަށް ލިބުނީ އުފެދިގެން 8 މަސް ފަހުން: ތޯރިގު
މިނިސްޓްރީއަށް މުވައްޒަފުން ލިބުމުގެ ދަތިތަކެއް އެބަހުރި

ހެރިޓޭޖް މިނިސްޓްރީއަށް، ފުރަތަމަ ދެމުވައްޒަފުން ލިބުނީ އެވުޒާރާ އުފެއްދިތާ 8 މަސް ފަހުން ކަމަށް އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްބޭފުޅުން ވަނީ ހޯމަ ދުވަހު ހާޒިރުވެވަޑައިގެން މިނިސްޓްރީގެ މަސައްކަތްތައް ކޮމެޓީގެ މެމްބަރުންނާއި ޙިއްސާ ކުރައްވާފައެވެ.

އެގޮތުން، 2020 ގައި ކުރަން ރާވަފައި ހުރި ކަންތައްތައް ޙިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރ ޠާރިޤް ވިދާޅުވީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗަކީ ދިވެހި ރައްޔިތުންނަށް ބޭނުންތެރި އެއްޗެއްސައް މިހާރުވެސް ވެފައިވާކަމަށާއި ބޭނުންވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި އެއްޗެއް އެ އެއްޗެއް ރައްކައުކުރެވޭނެ ރަނަގޅު ނިޒާމެއް ޕްލޭނެއް އޮވެ އަންނަ އަހަރު ނިމެންވާއިރަށް އަމާޒަކީ، މުޅި ރާއްޖޭގެ ހުރީހާ ރަށެއްގައިވެސް އާސާރީ ތަންތަނާއި ތަކެތީގެ ރަނގަޅު ޑޮކިއުމެންޓެއް ކުރެވި ދާނެ މަގެއް ކަނޑައެޅުން ކަމަށެވެ.

Advertisement

ތޯރިގު ވިދާޅުވީ ޕްލޭން ކޮށްފައި ހުރި ހުރިހާ ކަމެއް އެންމެ އަހަރު ދުވަހެއްގެ ތެރޭގައި ނިންމޭނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް މިނިސްޓްރިއަށް މަތިކޮށްފައި ހުރި ކަންތައްތައް މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަދު މުވައްޒަފުންނާއެކު ނިންމަމުން އަންނަކަމަށެވެ.

ތޯރިގު ވިދާލުވީ ރައްޔިތުންގެ މަ ޖިލީހުން ހަދައިފައިވާ ގާނޫނަށް މިނިސްޓްރީގެ ފަރާތުން ކުރައްވަން ޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގާނޫނުގައި ވަކި ތަރީހެއްގައި ކުރަން ލާޒިމުކޮށްފައިވާ ކަންތައްތައް އެ ގާނޫނުގައި ދީފައިވާ މުހުލަތުގެ ތެރޭގައި ނިންމުން ކަމަށެވެ. ތޯރިގު ވިދާޅުވީ މިނިސްތްރީން ހަދަން ޖެހޭ ގަވާއިދު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް