Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 16:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރައްވަނީ--
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރައްވަނީ--
ރައީސް އޮފީސް
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރައްވައިފި
މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު، 55 މެމްބަރުންގެ އަޣްލަބިއްޔަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މަޙާޒު ޢަލީ ޒާހިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި، މަޙާޒު ޢަލީ ޒާހިރު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މަޙާޒު ޢަލީ ޒާހިރުއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީއެވެ.

މަޙާޒު ޢަލީ ޒާހިރަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް ޢަލީ ޒާހިރު ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ މި ދިޔަ މަހު 30ގައި ބޭއްވި ޖަލްސާގައި 55 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނު ކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވީ މިދިއަ މަހުގެ 17 ވަނަ ދުވަހު އެވެ. ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވީ މަހާޒް ޢަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅެވެ. މަހާޒާއި ދިޔާނާގެ ނަންފުޅު ޖޭއެސްސީން ރައީސަށް ލަފާއަރުއްވާފައިވަނީ ސެޕްޓެމްބަރު މަހުއެވެ.

އެ ދެ ބޭފުޅުންގެ ނަންފުޅުތައް އިތުރަށް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވުމުން، އެކޮމެޓީން ވަކި ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ލަފާ އަރުވާފައެއް ނުވެއެވެ. އަދި ކޮމެޓީ ރިޕޯޓުގައި ވަނީ ޖޭއެސްސީއިން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން، އަލުން އެ ކޮމިޓީއަށް ރިޕޯޓް ފޮނުވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފުރަތަމަ ނިންވެމުވަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާޢަތްތައް ފުރިހަމަ ކުރިތޯ ބެލުންކަމަށްވުމުން ރައީސް ނަޝީދު ވަނީ ފަހުން ނިންމުން ބަދަލު ކުރައްވައި އެ ރިޕޯޓް އަލުން އެޖެންޑާ ކުރުމަށް ނިންމަވައިފަ އެވެ.

މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމަވާފަ އެވެ. މަހާޒް މިހާތަނަށް ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. މީގެކުރިން ޖޭއެސްސީން މަހާޒްގެ މައްސަލައެއްވެސް ބަލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް