Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 13:02
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ބަޖެޓް 2020
ބަޖެޓް 2020: އެސްއެމްއީ ބޭންކަށް 450 މިލިއަން ރުފިޔާ
އިތުރު 50 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި އިންވެސްޓު ކުރެވޭނެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) އަށް 450 މިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އިޤްތިސާދު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރ ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންކަމަށެވެ. މިގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިޔަފާރީގެ މައިދާނަށް ވަދެ ފައިހަމަކުރުމަށް އެހީވެދިނުމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން މެދުވެރިކޮށް 2020 ވަނަ އަހަރުވެސް ލޯނު ދޫކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މި 3 އަހަރު ކެޕިޓަލް ދޫކޮށް، ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރަން ބޭނުންވާ މިންވަރުގެ ފަންޑެއް އެ ކުންފުނީގައި ގާއިމުކުރުން. އެއާއެކު، މަދުވެގެން އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭނެ ގާބިލުކަން ހުރި ފުދުންތެރި ކުންފުންޏަކަށް، އެ ކުންފުނި ހެދުން. އަދި އެސް.އެމް.އީ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރެވޭނެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކެއް އުފެއްދުމަކީ މިސަރުކާރުގެ ވައުދެކެވެ. މި ބޭންކު އުފައްދާ ލޯނުދޫކުރުމަށް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަސް ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް