Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 13:29
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝުއައިބް މުހައްމަދު އިގްބާލް
ހައިލަމް
ގާޒީ ހައިލަމްގެ މެސެޖާއި ގުޅިގެން ހަސަން ލަތީފް ކަންބޮޑުވުން ފާޅުކޮށްފި
މެމްބަރު އިޝާރާތް ކުރެއްވީ ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕެއްގައި ދުވަހުގެ ތަހުނިޔާއެކު ގާޒީ ހައިލަމް ޝެއަރކުރި ކުރެހުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކު ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Advertisement

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރަނގަޅު ފަނޑިޔާރުގެއެއް ނެތި ރަނގަޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ސުލޫކީ ދަރަޖަ ހިފަހައްޓަން ޖެހޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީއެއް ކޯޓުގެ އިސް މުވައްޒަފުންނާއި އެކީގައި ހައްދަވާފައި އޮތް ވައިބަރ ގްރޫޕެއްގައި މިހާރުގެ، މިދައުލަތުގެ މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި މި މަޖިލީހުގެ ރައީސް މި ދެބޭފުޅުން ހިމެނޭ ގޮތަށް އެ ދެބޭފުޅުން ސިފަވާ ގޮތަށް ހުރި ކުރެހުންތަކެއް ކުރައްސަވާފައި އޮތް ފޮޓޯއެއް އެއީ ނަސްރުގެ ދުވަހުގައި ކަރުގައާއި މުޅި ގައިގައި ވާ ޖަހައިގެން ދަމާތަން އެއީ އުފާވެރި ނަސްރުގެ ދުވަހުގެ ގޮތުގައި ސިފަ ކުރައްވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އެ ކޯޓުގެ މުވައްޒަފުންނަށް ކީ މަންޒަރު.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ޖުޑިޝަރީ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ފަނޑިޔާރުގެއަށް ފަނޑިޔާރެއް އަންނަން ޖެހެނީ ކޮންމެވެސް ވަރެއްގެ އިލްމަކާއި އާއްމު އުސޫލުތަކެއް އެނގިގެން ކަމަށާއި، ފަނޑިޔާރުގޭގައި ތިބެގެން ދަސްކުރަން ޖެހޭނަމަ ފެނިގެންދާނީ ގާޒީ ހައިލަމްގެ ފަރާތުން ފެންނަނަމުންދާ ފަދަ އަމަލުތައް ކަމަށެވެ. މިއީ އަންގާރަ ދުވަހު ޝަރިޔަތް އޮންނައިރު މިފަދަ އަމަލުތައް ފެނިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މެމްބަރު ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު، ހައިލަމްގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ.

ހައިލަމްއަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރު ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދެވި ބޭފުޅެއްކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދެވި ފަރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް