Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 13:01
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ކަރުގައި ވާޖަހާ ދަމާ މަންޒަރާއެކު، ގާޒީ ހައިލަމް ފޮނުއްވި މެސެޖުގެ މައްސަލަ ބަލަނީ
ރައީސް ޔާމީންގެ މައްސަލަ ބަލަ ގާޒީއަކީ ހައިލަމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމްގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Advertisement

ޖޭއެސްސީން ބަލަން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ވައިބާރ ގްރޫޕްގައި ތަހުނިޔާ ކިޔުމުގެ ގޮތުން ހައިލަމް ޖަހާފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާތަން ދައްކުވައިދެ ފޮޓޯއަކާއި އެކުއެވެ.

ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫއްޕުގައި ނަސްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއާކުރި ކުރެހުން - ޓްވިޓަރ

ހައިލަމްއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެ ކުރިންވެސް ބުނެފައެވެ. ނަމަވެސް ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމިން އަށް އަންގާރަ ދުވަހު ހުކުމް ކުރަން ހަމަޖެހިފައިވާއިރު، ނަސްރުގެ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއް އާއްމުވެފައެވެ.

ހައިލަމް އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއިރު ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދެވި ބޭފުޅެއްކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދެވި ފަރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ނޮވެންބަރ 2019 | ހޯމަ 13:44
ތުއްތުބެ
ނަގޫސަންފާ އޮނަކަށް ލިއަސް ތިވާނީތިއަށް