ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 21:58
ޖޭސަން މޮމޯއާ އާއި ސާރިދޯޅު
ޖޭސަން މޮމޯއާ އާއި ސާރިދޯޅު
އިންސްޓަގްރާމް
ޖޭސަން މޮމޯއާ
ޖޭސަން މޮމޯއާގެ އަނގައިގައި އޮތް ބިސްކޯދެއް ސާރިދޯޅަކަށް ކާންދޭ ވީޑިއޯ ދެކުނިންތަ؟
މޮމޯއާގެ އާ ސީރީޒްގައި އޭނާ ސާރިދޯޅުއަކާ ތަޅާފޮޅާތަން ފެނޭ
"ސީ"ގެ ފުރަތަމަ ތިން އެޕިސޯޑް މިދިޔަ ހަފްތާ ބަންދުގައި ވަނީ ރިލީޒްކޮށްފައި

ހޮލީވުޑްގެ ތަރި، ޖޭސަން މޮމޯއާގެ އާ ސީރީޒްކަމަށްވާ "ސީ"ގައި އޭނާ ސާރިދޯޅަކާ ތަޅާފޮޅާ މަންޒަރު ފެނެއެވެ.

މި މަންޒަރު ޝޫޓް ކުރަން މޮމޯއާ ތައްޔާރުވީ ވަރަށް ތަފާތުކޮށެވެ. އަދި "ހާޓްތްރޮބް"އެއް ފަދައިން ގިނަ ބައެއް ދެކޭ މޮމޯއާއަށް އޮތް ލޯބި އިތުރުވިއެވެ.

އޭނާގެ އިންސްޓަގްރާމްގައި ހޮނިހިރު ދުވަހު ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައި މި ސާރިދޯޅަކާއެކު ފެނެއެވެ. އަދި މޮމޯއާގެ އަނގައިން އޯރިއޯ ކުކީ އެއް ނަގައިގެން އެ ސާރިދޯޅު ކާތަން ފެނެއެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި "ފަންނަށްޓަކާ އަހަރަމެން ކުރާހާ ކަންތައް" ޖަހާފައި މޮމޯއާ ބުނެފައިވަނީ، ސާރިދޯޅަށް ވެސް މީހާގެ ވަސް ނުވަތަ "ސެންޓް" އެނގެން ޖެހޭކަމަށެވެ.

"ގޭމް އޮފް ތްރޯންސް" އަދި ޑީސީގެ "އަކުއާމޭން"އިން ފެނިގެންދާ މޮމޯއާގެ އެޕްލްޓީވީ+ގެ ސީރީޒްކަމަށްވާ "ސީ"ގެ ފުރަތަމަ ތިން އެޕިސޯޑް ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އޭގާއި އޭނާ ފެންނާނީ ބާބާ ވޮސްގެ ރޯލުންނެވެ.

މޮމޯއާ ބުނީ އެ ސީރީޒްގައި އޭނާ ފައިޓް ސީނެއް ކުޅެން ޖެހުނީ ނުވަ ފޫޓުގެ ސާރިދޯޅަކާ ކަމަށާއި، އެ މަންޒަރު ފެންނާނީ ދެވަނަ އެޕިސޯޑްގައި ކަމަށެވެ.

"ސީ" އަކީ ސްޓީވަން ނައިޓް ލިޔެފައިވާ، ފްރާންސިސް ލޯރަންސް ޑައިރެކްޓް ކުރާ ޝޯވއެކެވެ.

ޖޭސަން މޮމޯއާގެ "އަކުއަމޭން" ޑިސެމްބަރ 2018ގައި ރިލީޒްކޮށްފައިވާއިރު، އެ ފިލްމަކީ ޑީސީ ކޮމިކްސްގެ އެކްސްޓެންޑެޑް ޔުނިވަރސްގެ އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމަށް 940.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

- ކޮމެންޓް