Advertisement
ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 09:57
ޖެެނެރަލް ޑީޑީ އާއި ރައީސް ނަޝީދު
ޖެެނެރަލް ޑީޑީ އާއި ރައީސް ނަޝީދު
ޓްވިޓަރ
ނަސްރުންގެ ދުވަސް
ޖެނެރަލް ޑީޑީއަކީ ނަސްރުގެ ދުވަހުގެ ބަތަލެއް: ރައީސް ނަޝީދު
ސިފައިންގެ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައިވޭ

ރިޓަޔާޑް ބްރިގޭޑިޔާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އަކީ ނަސްރުގެ ދުވަހުގެ ބަތަލެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ހ.ހާޖަރާގެ އަބްދުﷲ ލުތުފި އިސްކޮށް ހުރެގެން ރާއްޖެ ހިފަން ދިން އުދުވަނީ ހަމާލާގައި ޝަހީދުވި މީހުންގެ ޒިކުރާ އަދާކުރުމަށް ފާހަގަކުރަމުންދާ ދުވަހުއެވެ. އަހަރުތަކެއް ވަންދެން ފިލައިގެން ލަންކާގައި އުޅެމުން ދިޔަ ލުތުފީ ވަނީ މި އަހަރު ރާއްޖެ ގެނެސްފައެވެ.

Advertisement

އެމްޑީޕީގެ ރައީސް ނަޝީދު އައްޑޫ އަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، އާދިއްތަ ދުވަހު ޑީޑީގެ އުފަން ރަށް ހިތަދޫ އިން އޭނާއާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާގައި އަޕްލޯޑް ކުރައްވާފައެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ޓްވިޓާގައި ކުރެއްވި ޕޯސްޓު ގައި ނަޝީދު ވިދާޅުވީ، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ ބަތަލަކީ ކަށަވަރުންވެސް އިބްރާހިމް ޑީޑީ ކަމަށެވެ.

ޑީޑީ އަކީ ބަތަލެއް ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ޑީޑީ ވަނީ މީގެ ކުރިން ސިފައިންގެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ވަޒީފާ އަށް ފަހު ދީދީ ވަނީ ސިޔަސީ ދާއިރާ އަށް ނިކުމެވަޑައިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް