Advertisement
ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 09:47
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓަކުން
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދު ކޮށްލާފަ
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ދެވުނު އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާ

ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ. އަދި މިޤައުމަށްޓަކައި ޝަހީދުވެދިޔަ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވެސް ރައީސްގެ ޓްވީޓުގައިވެއެވެ.

Advertisement

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދު ކޮށްލާފައެވެ. އެގޮތުން އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީގެ މައްސަލަ ވަނީ ތަހުގީގުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަފައެވެ.

އެ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާ އަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ލުތުފީ ވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު ރާއްޖެ އަނބުރާ ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް