ގދ.ތިނަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލާގައި ހައްލު ގެންނާނެ ގޮތާ މެދު އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ އެރަށުގެ ކައުންސިލްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
އެންވަޔަރުމެންޓް މިނިސްޓަރީން ބުނީ މިބައްދަލުވުމުގައި ތިމާވެށީގެ ގޮތުން ތިނަދޫއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް މިނިސްޓަރުގެ ސަމާލުކަމަށް ކައުންސިލް ގެނެސްފައިވާ ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކޮށް އެންވަޔަރުމެންޓް މިނިސްޓަރީން ބުނީ ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލުކުރާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ކުނިމެނޭޖް ކުރުމާ ބެހޭ ގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.