Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 13:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ
ރާއްޖެއެމްވީ
އައްޑޫ ސިޓީ
ރައީސް ނަޝީދު އައްޑޫ ސިޓީ އަށް!
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތީ ހޮނިހިރު ދުވަހު މެންދުރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު މެންދުރުއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެރަށުން ވަނީ ނަޝީދަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހު މެންދުރު އައްޑޫ ސިޓީގައި ހުރި އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތްކުރައްވާ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ހިތަދޫ ޔޫތް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެނަކަ ފުޓްސަލް މުބާރާތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މީގެ އިތުރުން ރޯއިިން އެސޯސިއޭޝަނުން ބާއްވާ އައްޑޫ އިންޓަރސްކޫލް ރޯއިން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ދެކުނަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ ގދ. ތިނަދޫއާއި ގއ. ވިލިނގިލި އަދި ފުވައްމުލަކު ސިޓީއަށްވެސް ވަޑާއިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ދާއިރާތަކަށް ނިސްބަތްވެ ވަޑާއިގަންނަވާ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް