Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 12:46
ވިކްޓްރީ ރަންގެ ތެރެއިން
ވިކްޓްރީ ރަންގެ ތެރެއިން
އެމްއެންޑީއެފް
ވިކްޓްރީ ރަން
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" ބާއްވައިފި
މިދުވުން ފެށީ ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށިން
ދުވުން ނިންމީ ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށް
މިހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ގައުމުގެ ހައްގުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި "ވިކްޓްރީ ރަން" ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ "ވިކްޓްރީ ރަން" ފަށާފައި ވަނީ ހެނދުނު 6:00 ކަޅުތުއްކަލާކޮށިންނެވެ. ގިނައަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ.

މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. މި ދުވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި "ވިކްޓްރީ ރަން" ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް ވަނީ ބާއްވާފައެވެ.

ވިކްޓްރީ ރަން އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫހާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. އަދި ވަކިން ޚާއްސަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ގައުމުގެ ހައްގުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް