Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 09:38
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވިސް ޕޮލިސް ސާރވިސް
މުހައްމަދު ޝަރުހާން
ޖިންސީ ގޯނާ
ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާ ލިބުނީ 15 އަހަރުގެ ކުއްޖެއް
މިމައްސަލަ ރިޕޯޓު ކުރީ އޮކްޓޫބަރު 31 ގައި
ބިނދޭސީ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައި

މެދު ރާއްޖެތެރެއިން ރަށެއްގައި އަންހެން ކުއްޖަކާއި މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ބިނދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މެދު ރާއްޖެތެރެއިން ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި މެދު ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއް އޮކްޓޫބަރު 31 ވަނަ ދުވަހު 11:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކުރި ބަނގުލަދޭޝް މީހާއަށް މެޖިސްޓްރޭޓް ކޯޓުން ހޮނިހިރު ދުވަހު 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިމީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް