Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 11:47
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ދެ ކޮމިޝަނަކަށް އައްޔަނުކުރައްވާނެ ބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށްފަހު ތަޅުމަށް
އެ ދެ ކޮމިޝަނަކީ އިލެކްޝަންސް ކޮމިޝަނާއި އެންއައިސީ

ދެ ކޮމިޝަނަކަށް އައްޔަނުކުރެއްވުމަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުއްވައިފި އެވެ.

ތަޅުމަށް ފޮނުވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރި ކޮމެޓީ ރިޕޯޓާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރި ކޮމެޓީ ރިޕޯޓެވެ. މިނަންފުޅުތައް ދިރާސާކޮށްފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ހަތަރު ބޭފުޅެއްގެ ނަންފުޅެވެ. އެ ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަލްއުސްތާޛު އަމްޖަދު މުސްތަފާ އަދި ހަސަން ނާޒިމް އާއި އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދެވެ. މިބޭފުޅުންނާއި ކޮމެޓީން އިންޓަރވިއު ކުރުމަށްފަހު އޭގެތެރެއިން ތަޅުމަށް ފޮނުވާނެ ނަންފުޅުތަކާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ފުއާދު ތައުފީގާއި އަމްޖަދު މުސްތަފާ އަދި މަރިޔަމް ހަނީފާ ޚާލިދުގެ ނަމެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު މި އައްޔަނުކުރަނީ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާގެ މަގާމު މި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ހަތަރު ބޭފުޅުންގެ ނަންފުޅެވެ. އެހަތަރު ބޭފުޅުންނަކީ ޝުއައިބު އަބްދުއްރަހުމާނާއި، ކާނަލް(ރޓ)އަހުމަދު ޖިހާދާއި ޑޮކްޓަރ މަރިޔަމް ޝަހުނީޒާ ނަސީރުގެ އިތުރުން ހައްވާ ލީޝާއެވެ. މިބޭފުޅުންނާއި ކޮމެޓީން އިންޓަރވިއު ކުރުމަށްފަހު އޭގެތެރެއިން ތަޅުމަށް ފޮނުވާނެ ނަންފުޅުތަކާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާނާއި ކާނަލް(ރޓ)އަހުމަދު ޖިހާދާއި ޑޮކްޓަރ މަރިޔަމް ޝަހުނީޒާ ނަސީރެވެ.

އެންއައިސީއަށް މެމްބަރަކު އައްޔަނުކުރުމަށް މަޖިލީހަށް ފޮނުވާފައިމިވަނީ ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް