Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 08:04
އއ. ރަސްދޫ
އއ. ރަސްދޫ
ދަ އެޑިޝަން
އއ. ރަސްދޫ
ރަސްދޫ ރައްޔިތުންގެ އުއްމީދަކީ ބަނދަރާއި، ބޭރު ތޮއްޓަށް އަވަސް ހައްލެއް
ލަފާފުރުމަށް ބުރޫއަރާކަން ކައުންސިލުން ފާހަގަކުރި
ބަނދަރުގެ ބޭނުން ނުކުރެވެނީ ބޭރު ތޮށި ނުލާ އޮތުމާއި ގުޅިގެން

އއ. ރަސްދޫގެ ބޭރު ތޮއްޓަށް އަވަސް ހައްލެއް ލިބިގެން ދިޔުމަކީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި އެއްކަން ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ރަސްދޫގެ ހާލަތު ރާއްޖެ.އެމްވީ އަށް ސިފަކޮށްދެއްވަމުން ރަސްދޫ ކައުންސިލްގެ ނައިބް ރައީސް ހުސައިން ސިމާއު ވިދާޅުވީ، ސަރުކާރުން މި ރަށުގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރު ބައެއް މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.

Advertisement

ކައުންސިލްގެ ނައިބް ރައީސް ސިމާއު ވިދާޅުވީ، އެ ރަށަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަަރަމުން އަންނަ ރަށަކަށްވާއިރު ރަށުގެ ބޭރު ތޮށީގެ މަސައްކަތް ކުރިޔަތް ނުގޮސް ހުއްޓިފައި އޮންނާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް މިހާރުވެސް ކައުންސިލަށް އަންނަނީ ލިބެމުންނެވެ.

އޭނާ ވިދާޅުވީ، 2010 ވަނަ އަހަރު ބަނދަރު ހެދިގެން އައިރު ލިބުނީ ކުޑަ ތޮއްޓެއް ކަމަށާއި، އޭގެ ފަހުން މިހާރު އޮތް ތޮއްޓަކީ 2017 ވަނަ އަހަރު ''ހަދިޔާ'' ގޮތުގައި ލިބިފައިވާ ތޮއްޓެއް ކަމަށެވެ. އެރަށުގެ 1200 އަކަފުޓޫގެ ބަނދަރުގެ ބޭނުން ނުހިފިގެން އުޅެނީ ތޮށި ފުރިހަމަ ނުވެގެންކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުންދަނީ މި އަންނަ އަހަރު ބަޖެޓުގައި އެކަން ވޭތޯ. މި ތޮށި ފުރިހަމަ ކުރެވުނީމަ މި ރަށުގެ ރައްޔިތުންނަށްވެސް ލަފާ ފުރާ ފަރާތްތަކަށްވެސް މި ބަނދަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން
ހުސައިން ސިމާއު ~ ކައުންސިލްގެ ނައިބް ރައީސް ~

ރަސްދޫ ކައުންސިލުން ވަނީ، މި އަހަރުގެ މާޗް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނުގެ ސަމާލު ކަމަށް ގެންނަވާފައެވެ. ރިޔާސީ އިންތިހާބުގައި ރަސްދޫއިން ވަނީ ރައީސް ސޯލިހަށް ވަނީ ސާފު ޢައުލަބިއްޔަތެއް ހޯދައިދީފައެވެ. އެގޮތުން ރަސްދޫ އިން ވަނީ ރައީސް އަށް 59 ޕަސެންޓް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް