ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 22:41
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު
ގޫގުލް
އެތްލެޓިކްސް އެސޯސިއޭޝަން
ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އެތްލެޓިކްސް ޓީމުން އިންޑިއާއަށް ފުރައިފި
އެތްލެޓިކްސް ޓީމަށް ނުފުރި ލަސްވީ ބަޖެޓް ހަމަ ނުޖެހުމުން

ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވާން އެތްލެޓިކްސް ޓީމުން އިންޑިއާއަށް ފުރައިފިއެވެ.

ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސް ފެށެން މަހެއްހާ ދުވަހަށް ވެފައިވާއިރު މި ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން އެތްލެޓިކްސް ޓީމުން މިހާތަނަށް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގައެވެ.

އިންޑިއާއަށް ފުރި އެތްލެޓިކްސް ޓީމުގައި ހިމެނޭ އެތްލީޓުންނަކީ ޝިފާޒް މުހައްމަދާއި، ހުސެއިން ފަޒީލް ހާރޫނާއި، ހުސެއިން ރިޒާ އަދި އިބާދުﷲ އާދަމްއެވެ. މި ޓީމާއެކު އިންޑިއާ އަށް ކޯޗުންގެ ގޮތުގައި ދިޔައީ އަހްމަދު ފާއިލް އާއި އަހުމަދު ނިޒާމް އެވެ.

ޓީމު އިންޑިއާ އަށް ފުރި ނަމަވެސް ސައުތް އޭޝިއަން ގޭމްސް އަށް މަހެއް ހާ ދުވަހަށް ވެފައިވާތީ ރާއްޖެއިން ބޭރުގައި ހެދުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުން އެންމެ އެދެވޭ ނަތީޖާ އެއް ހޯދުމަށް އުނދަގޫ ވާނެ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވިއެވެ. މީގެ އިތުރުން ތޮލާލް ވިދާޅުވީ ޓީމު ފުރުން ލަސްވީ މިނިސްޓްރީން ދޭން ޖެހޭ ބަޖެޓް ލަސްވުމުން ކަމަށާއި ނަމަވެސް މިހާރު ބަޖެޓްގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ބޭއްވި ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ. މިއީ އެތްލެޓިކްސް އިން މިހާތަނަށް ސައުތް އޭޝިއަން ގޭމްސްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް