ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހު ރައީސް ނަޝީދު ފުވައްމުލަކު ސިޓީ ވަޑައިގަތުމުން އެ ރަށުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެރަށު ކައުންސިލާއި ބައްދަލު ކުރައްވާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.
އަދި ހުކުރު ދުވަހުގެ ރޭ 8:30 ގައި އެރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.