އައު އިންޖީނުގެތައް ގާއިމުކުރެވިގެން ދާނީ އެންމެ ފަހުގެ ޒަމާނީ ހިދުމަތްތަކާއެކުގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ގއ ވިލިނގިލީގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގެ ބިންގާ އަޅުއްވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގއ ވިލިނގިލީގައި ބިންގާ އެޅިގެން މި ދިޔައީ މި އަހަރު އިންޖީނުގެ އެޅުމަށް 22 ވަނަ ތަނުގައި ކަމަށާއި ޖުމްލަ ބަދަލަކުރުމަށް ހަމަޖެހިފައިވާ 63 އިންޖީނުގެ ތެރެއިން މި އަހަރަށް ކަނޑައަޅާފައިވާ ޓާރގެޓަކީ 30 އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ،
ސަރުކާރާއި ހަވަލުވިފަހުން އެކި ރަށްރަށަށް ދިމާވެފައިވާ ކަަރަންޓުގެ މައްސަލަ ހައްލުކުރުމަށް 63 ޖަނަރޭޓަރ ފޮނުވާފައިވާކަން ފާހަގަކޮށް ސައީދު ވިދާޅުވީ އެންމެ ތިން ރަށް ފިޔަވައި ހުރިހާ ރަށެއްގެ އިންޖީނުގެތަށް ސިންކްރަނައިޒްކޮށްވެސް ނިމިފައިވާކަމަށެވެ.
ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމަށް ނިންމުމަށް ރާވަފައިވާ ކަންތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ ކުރިޔަށް އޮތް 5 އަހަރުގައި ގިނަ އިންޖީނުގެ ތަކުގެ ބޭނުންކުރަނީ 75 އިންސައްތަ ރިނިއުވެބަލް އެނާރޖީގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން ކަރަންޓް ބިލްގެ އަގު ހެޔޮ ކުރުމާއި ކޮންމެ ތަނެއްގައި ހުރެގެންވެސް އެޕް އެއް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް އެޕްލިކޭޝަނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ސައީދު ވިދާލުވިއެވެ.