Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 12:25
ނައިބް ރައީސް އުކުޅަހު ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ނައިބް ރައީސް އުކުޅަހު ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
އުކުޅަހު ރައްޔިތުންނަކީ ދީންވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންފި
ސްކޫލަށް ދިމާވެފައި ހުރި ދަތިތައް ކައުންސިލުން ވަނީ ނައިބް ރައީސްއާ ހިއްސާކުރައްވާފައި
ސިއްހީ މަރުކަޒުގެ ދަތިކަމުގެ މައްސަލަ ނައިބް ރައީސް ކަމަށް ސަމާލުކަމަށް ގެންނަވާފައިވެ

އުކުޅަހުގެ ރައްޔިތުންނަކީ، ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދީންވެރި ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެ ރަށު ކައުންސިލަށް އެދިވަޑައިގެންފައިވެއެވެ.

ނައިބް ރައީސް އެހެން އެދިވަޑައިގަތީ ބުރާސްފަތި ދުވަހު އެ ރަށު ކައުންސިލްގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްްވުމުގައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީ އަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ނައިބް ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.

Advertisement

އެގޮތުން ކައުންސިލުން ހިއްސާކުރި ކަންތައްތަކުގެ ތެރޭގައި ރަށު ސްކޫލުގައި ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުންދާއިރު، ދަރިވަރުންނަށް ބޭނުންވާ ބައެއް ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި ސިއްހި މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

އުކުޅަހުގެ ޒުވާނުންނަކީ އަހުލާގީ ގޮތުން ރަނގަޅު ހެޔޮލަފާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށާއި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލު މާހައުލުގެ ތެރެއިން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި ރަށުގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދީންވެރި ބަޔަކަށް ހެދުމަށްޓަކައި ކައުންސިލުން އިސްނަންގަވައިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް