ލޮނު ޒިޔާރަތް ކޮޅުގައި ހަދަމުންދާ ޕާކުގެ މައްސަލާގައި ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކަށް ޖަވާބުދާރީވެވޭނީ މޭޔަރ ވަޑައިގަތުމުންކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ފާޚާނާ ބަރީގެ އިތުރުން ޕާކުގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ނޫސްކޮންފަރެންސެއްގައި މެމްބަރުން މިހެން ވިދާޅުވުމާއި ގުޅިގެން އާންމުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުމެއް ކައުލްސިލަށް ވަނީ އަމާޒުވެފައެވެ. މިކަމަށް ކައުންސިލްގެ ބަހެއް ހޯދުމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފަށް ގުޅާލުމުން ވިދާޅުވީ، ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށާއި މައްސަލައިގެ ބާވަތުން ވަކިން ޖަވާބުދާރީ ވުމަކީ އެންމެ އެދެވޭ ގޮތެއް ނޫންކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން ކުރަމުން އަންނަނީ ބިޑަކާ ނުލައެވެ.