އިޓާލިއަން ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޔުވެންޓަސް މޮޅުވެ ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ
މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ޔުވެންޓަސް އިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައިރު ޔުވެންޓަސްގެ ކުޅުންތެރިން ވަނީ މިހާފުގައި ޖެނޯއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ އެހީގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ލިއޮނާޑޯ ބޮނޫޗީއެވެ.
ޔުވެންޓަސް އިން ކާމިޔާބުކުރި ލަނޑާއެކު ޖެނޯއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށް ޔުވެންޓަސްގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ޖެނޯއާއިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ކޯމޭ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ޖެނޯއާގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން ޖެނޯއާއިން ކުޅުނީ ނުވަ ކުޅުންތެރިންނާއި އެކު އެވެ. އަދި ޔުވެންޓަސްގެ ކުޅުންތެރިޔަކަށް ވެސް ވަނީ މި ހާފުގައި ރަތް ކާޑު ދައްކައިފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސް އިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނު އިރު އެޓީމުން ވަނީ ޖެނޯއާގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވައިލަމުންނެވެ. އެގޮތުން މެޗުގެ 92 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރޮނާލްޑޯ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމައިފައެވެ. އޭގެ ދެ މިނެޓު ފަހުން ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި ލަނޑު ޖަހާ މެޗުން ޔުވެންޓަސް މޮޅު ކޮށްދީފައެވެ.
މި ނަތީޖާ އާއި އެކު ޔުވެންޓަސް އިން އިޓާލިއަން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 26 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އެޓަލަނާ އޮތީ 21 ޕޮއިންޓާއެކުގައެވެ. އަދި މެޗުން ބަލިވި ޖެނޯއާ ލީގު ތާވަލުގެ 17 ވަނައިގައި އޮތީ އަށް ޕޮއިންޓާއެކުގައެވެ.