Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 09:46
ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ކިޔަނީ
ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ކިޔަނީ
އެމްޑީޕީ
މުޒާހަރާކުރުން
ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގަތް ވަގުތާ ދިމާކޮށް މުޒާހަރާކުރި ބަޔަކު ފުލުހަށް ހާޒިރުކޮށްފި
މުޒާހަރާ ކުރީ ކައުންސިލްގެ ހުއްދަ ނުނަގާ
މުޒާހަރާގައި އަޑުގަދަ ކުރާ ބޭނުންކުރި
ފުލުހުން ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ އަޑުއުފުލި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިއްޔަށް ވަޑައިގަތް ވަގުތާ ދިމާކޮށް މުޒާހަރާކުރި ބަޔަކު ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ރަށު ކައުންސިލްގެ ހުއްދަ ނުނަގާ އަޑުގަދަ ކުރާ ބޭނުންކޮށް ފުލުހުން ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި އަމަލު ހިންގި މީހުންނާ ސުވާލުކުރުމަށް ޕޮލިސް ސްޓޭޝައަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މައުލޫމާތު ލިބޭގޮތުގައި މުޒަހަރާގެ ބައިވެރިންވަނީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އަޅައި، އެމްޑީއެން އުވާލުމަށް ގޮވާލާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެ ރިޕޯޓަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް