އާދައިގެ މީހާ އަތުން ޓެކްސް ނަގަންޖެހޭ ކަމަށް އެމަނިކުފާނު ނުދަންނަވާ ކަމަށާއި މުޅި އާއިލާ އަށާއި އެހެން ހުރިހާ ރައްޔިތުންނަށް ވެސް އެ މުހުތާލުތަކުން ފިލައިދާން ބޭނުންވާ ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މ.ކުނޫޒްގައި ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ ގައުމާ މެދު ރައްޔިތުން ވަރަށް ވިސްނުންތެރިކަމާއެކު ވިސްނަންޖެހޭ ކަމަށާއި، ގައުމު ކޮށްދޭނީ ކޮން ކަމެއްތޯ ނާހާ އެންމެންވެސް ގައުމަށް ޚިދުމަތް ކުރަންޖެހޭ ކަމަށެވެ.
އިތުރަށް ގާސިމް ވިދާޅުވީ، ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އަޅުގަނޑި އެކަނި މަސައްކަތްކޮށްފައި އެންމެނަށް ކާންދޭ އުސޫލު އޮވެއްޖެ ނަމަ ދުވަހަކުވެސް ކުރިއަރައި ނުދާނެ ކަމަށެވެ.
މެމްބަރު ގާސިމް ވިދާޅުވީ ގައުމަކީ ދުލުން ވާހަކަ ދައްކާ އުޅޭ އެއްޗެއްނޫން ކަމަށާއި، ގައުމެއް ގައުމަކަށް ވެގެންދަނީ ކުރިއަރާ ދަނީ އެގައުމެއްގަ ތިބި ބަޔަކު މަސައްކަތްކޮށްގެން ކުރިޔަށް ގެންދިއުމުން ކަމަށެވެ.
މިގޮތަށް ކަންތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރުގެ ފަރާތުން އެދޭކަމަށްވަންޏާ ސަރުކާރަކީ ކޯދުލައި ފައިސާ ފަޅާ އެއްޗެއް ނޫން. މަސައްކަތްތަކެއް ކޮށްގެން ހިކުމަތްތަކެއް ކޮށްގެން އަޅުގަނޑުމެން ހޯދަންޖެހޭ އެއްޗެއްޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް
ރާއްޖެއަކީ އުފެއްދުންތެރިކަން ދަށް ގައުމެއްކަން ފާހަގަކުރައްވައި މެމްބަރު ގާސިމް ވިދާޅުވީ ކަނޑުމަސް ބޭރުކުރުމާއި، ގުދުރަތީ ރީތިކަން ފިޔަވާ މާގިނަ ކަންތައްތަކެއް މިގައުމުގައި ނެތް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އާދައިގެ މީހާ އަތުން ޓެކްސް ނަގަންޖެހޭ ކަމަށް އެމަނިކުފާނު ނުދަންނަވާ ކަމަށާއި މުޅި އާއިލާ އަށާއި އެހެން ހުރިހާ ރައްޔިތުންނަށް ވެސް އެ މުހުތާލުތަކުން ފިލައިދާން ބޭނުންވާ ކަމަށެވެ.
ގެދޮރަށް ދާންދެން. ދަތުރުފަތުރުކުރެވޭނެ ވަސީލަތަށް ދާންދެން. އެއީ އިންސާނީ ތަބީއަތް. އެކަންކަން ކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ ހޯދަން ކިހާ މަސައްކަތެއް ކިހާއިރަކު ކުރަން ޖެހޭނެކަން ކިހާ ފައިސާއެއް ބޭނުންވާނެކަން އަޅުގަނޑުމެން ހިތަށް ގެންނަން އެބަޖެހޭޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް
ގާސިމް ވިދާޅުވީ، ސަރުކާރުން ކަންކަން ނުކޮށްދޭ ކަމަށް މީހުން ބުނާ ކަމަށާއި ލާރި ނުހޯދައި ސަރުކާރަށް ކަންތައްތައްކޮށް ނުދެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އީކުއަލް އޮޕޮޗުނިޓީ އޮތްގޮތަށް އެއްބައިވަންތަ ކަމާއެކު ބައިވެރިވުން ވެސް އޮންނަން ޖެހޭ ކަމަށެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ފަގީރަސް އަދި މުއްސަންދި ކަމުގައިވިޔަސް ދިވެހި ރައްޔިތަކަށް ވިއްޔާ ދިވެހި ރައްޔިތަކަށް އޮންނަ ހައްގު އޮންނަ ކަމަށެވެ. އެހެން ކަމުން ބައިވެރިވުން މީގައި އޮންނަންޖެހޭނެ އެމަނިކުފާނު ވިދާޅުވިއެވެ.