ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 19:13
ގައުމީ އަންހެން ވޮލީ ޓީމު
ގައުމީ އަންހެން ވޮލީ ޓީމު
ސޯޝަލް މީޑިއާ
ވޮލީ ބޯޅަަ
ގައުމީ އަންހެން ވޮލީ ޓީމު ރަޖިސްޓްރީ ކުރުމަށް ލަތީބެ ހުށަހަޅައިފި
ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ސަލީމަށަް ލަތީބެ ވަނީ ސިޓީއެއް ފޮނުވައިފަ

އޭޝިއަން ވޮލީ ބޯލް ކޮންފަޑެރޭޝަން (އޭވީސީ) ގެ އެންގުމާއެކު ގައުމީ އަންހެން ވޮލީ ޓީމު ރަޖިސްޓްރީ ކުރުމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ބަންގްލަދޭޝްގެ ވޮލީ އެސޯސިއޭޝަނަށް ހުށަހަޅައިފިއެވެ.

އޭވީސީގެ ރައީސް ސޮއިކުރަށްވާ ބަންގްލަދޭޝްގެ ވޮލީ ފެޑަރޭޝަނަށް ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން އުފައްދައިފައިވާ ނޯމަލައިޒޭޝަން ކޮމެޓީ ބަލައި ނުގަންނަ ކަމަށާއި އެހެން ކަމުން އޭވީސީ އާއި ގުޅޭ މުބާރާތެއްގައި އެ ކޮމިޓީއާއި މުޢާމަލާތް ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމެޓީގެ ބަދަލުގައި ލަޠީފާއި މުޢާމަލާތް ކުރުމަށް ވަނީ އަންގާފައެވެ.

މިއާއެކު ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ސަލީމަށް އެޑްރެސް ކޮށް ލަތީބެ ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސެންޓްރަލް ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް، ނޯމަލައިޒޭޝަން ކޮމިޓީއާއި ނުކުރުމަށް އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަންގެ ރައީސް ސޮއިކުރައްވާ 2019 އޮކްޓޫބަރ 26 ވަނަ ދުވަހު ބަންގްލަދޭޝްގެ ވޮލީބޯޅަ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުއްވާފައި ކަމަށެވެ. އަދި މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކޮށްދިނުން އެދިވަޑައިގެން، މުބާރާތުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވާފައިވާ ކަމަށްވެސް ލަތީބެގެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގެ ވޮލީގެ ޙާލަތު ގޯސްވެފައިވާ އިރު ނޯމަލައިޒޭޝަން ކޮމެޓީން މި މަހު 24 ގައި ބާއްވަން އުޅުނު ވޮލީ އިންތިޚާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކޮށްފައެވެ. ބެލެވިފައިވާ ގޮތުން މި އިންތިޚާބު ފަސް ކޮށްފައިވަނީ އެފްއައިވީބީން އިންތިޚާބު ބަލައި ނުގަންނަ ކަމަށް ބުނުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް