ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 13:15
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ ޕޮލިސް ޓީމު
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ ޕޮލިސް ޓީމު
ޕޮލިސް
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
އިހަވަންދޫގައި ބޭއްވި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް
އިހަވަންދޫ ޕޮލިހުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފެނަކަ-އިހަވަންދޫ ބުރާންޗް ބަލިކޮށްގެން

އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން، އިހަވަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ޓީމް ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ޓީމް ހޯދީ ހޮނިހިރު ދުވަހުގެ ރޭ ފެނަކަ-އިހަވަންދޫ ބުރާންޗްގެ ޓީމާއި ވާދަކޮށް 1-3 ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ ޕޮލިސް ޓީމްގެ، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަލީ ޙުސައިންނެވެ. އަދި އެންމެ މޮޅު ކޯޗަކަށް އިހަވަންދޫ ޕޮލިސް ޓީމްގެ ކޯޗު، ޕޮލިސް ސަރޖަންޓް ޙާމިދު ހަމްދޫން ހޮވުނުއިރު، ޑްރީމް ޓީމަށް، އިހަވަންދޫ ޕޮލިސް ޓީމްގެ ސަޕޯރޓް ސަރވިސް އެސިސްޓެންޓް މުޙައްމަދު ވަހީދު ވަނީ ހޮވިފައެވެ.

މިއީ އިހަވަންދޫ ޕޮލިސް ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

އޮކްޓޯބަރ 20 އިން 26 އަށް އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ޖުމުލަ ފަސް ޓީމް ބައިވެރިވިއެވެ. އެއީ ފެނަކަ އިހަވަންދޫ ބުރާންޗް ޓީމާއި، އިހަވަންދޫ ސްކޫލް ޓީމާއި، ކައުންސިލް އައިސްޕްލާންޓް (ސީއައިޕީ) އަދި ކޮމްބައިންޑް ޓީމް (އައިމިނާދިޔޯ ހެލްތު ސެންޓަރ، ބީ.އެމް.އެލް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު) އެވެ.

މި މުބާރާތަކީ އިހަވަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި އިހަވަންދޫގައި ފުޓްސަލް ކުރިއެރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.

- ކޮމެންޓް