ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފޯކައިދޫ ފުޓުބޯޅަ ކްލަބް ބަލިކޮށް ކްލަބް ގްރީންސް ސްޓްރީޓްސް އިން އީގަލްސްއާ ޕޮއިންޓަކަށް ގާތްކޮށްފިއެވެ.
މި މެޗު ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ގްރީންގެ ކުޅުންތެރިން ވަނީ ފޯކައިދޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ގްރީންގެ ކުޅުންތެރިންފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ފޯކައިދޫގެ ބިދޭސީ ކީޕަރެވެ. މި ހާފުގައި ފޯކައިދޫގެ ކީޕަރުވަނީ ގްރީން ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ވަނީ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.
މި ލަނޑަށްފަހު ގްރީންގެ ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މެޗުގެ ލީޑު ފުޅާ ކުރުމަށް ގްރީންގެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގައި ގްރީން އިންޖެހި ދެވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގްއެވެ.
މިނަތީޖާ އާއި އެކު ގްރީން ސްޓްރީޓުން ލީގު ތާވަލުގެ ތިން ވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި ކްލަބް އީގަލްސް އިން
އޮތީ 11 މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ ފަނަރަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.