ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 19:12
ރިޒްވާން (ވ)
ރިޒްވާން (ވ)
މިހާރު
އަހުމަދު ރިޒްވާން
ގަައުމީ ޓީމުގެ މައްސަލައިގައި ރިޒޭ މަޢާފަށް އެދިއްޖެ
ރިޒޭ އަންނަނީ އީގަލްސް އާއި އެކު މޮޅު ކުޅުމެއް ދައްކަމުން

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ ޖޮއިންޓް ކޮލިފިކޭޝަނުގައި ގުއާމާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ގައުމީ ޓީމާއެކު އަމިއްލަ ސަބަބެއްގައި ނުދިޔަ އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެއެވެ.

ކްލަބް އީގަލްސްގެ ރިޒޭގެ އިތުރުން އެކުލަބްގެ އަލީ ފާސިރު (ސެންޓޭ) ވެސް ގައުމީ ޓީމާއެކު އެ މެޗަށް ދަތުރުކޮށްފައެއެ ނުވެއެވެ.

ސެޕްޓެމްބަރު މަހު ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުން މޮޅުވި މެޗަށް އެ ދެކުޅުންތެރިން ނުދިޔަ މައްސަލަ އެފްއޭއެމް އިން ބެލުމަށް ފަހު އެ ދެ ކުޅުންތެރިން ވަނީ 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެ ފައިސާ ވަނީ އީގަލްއިން ދައްކައިފައެވެ.

ގުއާމް މެޗަށް ނުދިޔުމުން ސެޕްޓެމްބަރ މަހު ދިހަވަނަ ދުވަހު މާލޭގައި ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗާއި ރަށުން ބޭރުގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މި ދެކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެއެވެ.

ރިޒޭގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވަނީ ކުރެވުނު ކަންތަކާއި މެދު ހިތާމަ ކުރާ ކަމަށާއި، ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލު ކުރާ ކަމަށެވެ. އަދި މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށާއި އެކަމަށް ގައުމީ ޓީމާއި އެފްއޭއެމްގެ އިތުރުން ފުޓުބޯޅަ އާއިލާގެ ކިބައިން މާއާފަށް އެދޭ ކަމަށެވެ.

ރިޒޭ ވަނީ ކްލަބް އީގަލްއާއި އެކު ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ރިޒޭ ވަނީ ނިމިދިޔަ ސީޒަނުގައި 33 ލަނޑު ޖަހާ އަލީ އަޝްފާގް ގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނައިގައި ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް