ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 19:23
ޖެނިފަރ ލޯރަންސްއާއި ކޫކް މެރޯނީ
ގޫގުލް
ޖެނިފަރ ލޯރަންސް
ޖެނިފަރ ލޯރަންސް އާއި ކޫކް މެރޯނީ ކައިވެނިކޮށްފި!
ދެ މީހުން ކަައިވެނި ކުރަން އެންގޭޖް ވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖެނިފަރ ލޯރަންސްއާއި މަޝްހޫރު އާރޓް ގެލެރީ ޑައިރެކްޓަރ ކޫކް މެރޯނީ ކައިވެނިކޮށްފިއެވެ.

ދެ މީހުން އާދިއްތަ ދުވަހު ކައިވެނިކޮށްފައިވާކަން ޖެނިފަރގެ ޕަބްލިސިސްޓް ވަނީ ސީއެންއެންއަށް ކަށަވަރުކޮށްދީފައެވެ. ދެ މީހުންގެ ކައިވެނިކޮށްފައިވަނީ އެމެރިކާގެ ރޯޑް އައިލެންޑްގެ ބެލްކޯޓް އޮފް ނިއުޕޯރޓް ކިޔާ މެންޝަންއެއްގައެވެ.

މި ހަފުލާގައި 150 އަށް ވުރެ ގިނަ ފިލްމީ ތަރިންނާއި ފަންނާނުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެމާ ސްޓޯން، ކްރިސް ޖެނަރ، އެޑޭލް އައި އޭމީ ޝޫމަރ ހިމެނެއެވެ.

29 އަހަރުގެ ޖެނިފަރ އާއި 34 އަހަރުގެ މެރޯނީ ކައިވެނި ކުރުމަށް އެންގޭޖްވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ އެދެ މީހުން ލޯބީގެ ގޮތުން ގުޅުނުތާ އަށް ވަރަކަށް މަސް ފަހުންނެވެ. ދެ މީހުން އެކުގައި ފުރަތަމަ ފެނި، ރަށްޓެހިވެގެން އުޅޭކަމުގެ ޚަބަރު ފުރަތަމަ ފެތުރިފައިވަނީ ޖޫން 2018 ގައެވެ.

މި އަހަރުގެ ޖޫން މަހު ދިން އިންޓަވިއުއެއްގައި ކޫކް އަކީ އޭނާއާ ދިމާވި އެންމެ ރަނގަޅު އަދި "ބެސްޓް" މީހާކަމަށް ޖެނިފަރ ބުނެފައިވެއެވެ.

"މިއީ (ކޫކްއާ އިނުން) އަހަރެން ނެގި އެންމެ ފަސޭހަ ނިންމުން"
ޖެނިފަރ ލޯރަންސް

ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމީތަރިކަމަށްވާ ޖެނިފަރ ލޯރެންސް ވަނީ އޮސްކާ އެވޯޑެއްވެސް ޙާޞިލުކޮށްފައެވެ. އެއީ 2012 ވަނަ އަހަރު ރިލީޒްކޮށްފައިވާ "ސިލްވަރ ލައިނިންގްސް ޕްލޭބުކް"އަށެވެ.

- ކޮމެންޓް