ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 09:18
ޕާގަލްޕަންތީ ގެ ޕޯސްޓަރެއް
ޕާގަލްޕަންތީ ގެ ޕޯސްޓަރެއް
ގޫގުލް
ޕާގަލްޕަންތީ
"ޕާގަލްޕަންތީ" އަންނަ މަހު ސިނަމާތަކަށް!
ފިލްމު އިނގިރޭސިވިލާތުގައި ޝޫޓްކުރި ކަމަށް ރިޕޯޓްތަކުން ބުނޭ
ޕާގަލްޕަންތީގައި މަޝްހޫރު ބޮޑު ކާސްޓެއް ފެންނާނެ

މަޝްހޫރު އަދި ކާމިޔާބު އެކްޓަރު ޖޯން އަބްރަހަމް ލީޑްރޯލު ކުޅެފައިވާ ފިލްމު "ޕާގަލްޕަންތީ" އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ކާމިޔާބު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ގިނަ ޕޯސްޓަރުތަކެއް މިހާރު ބެލުންތެރިންނަށް އާންމުކޮށްފައިވާއިރު އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ދައްކާލާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

"ޕާގަލްޕަންތީ" އަކީ މަޖާ އަދި ތަފާތު ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެ ފިލްމުގެ ބައެއް މަންޒަރުތައް އިނގިރޭސިވިލާތުގައި ވެސް ނަގާފައިވާ ކަމަށް ބައެއް މިޑިއާ ރިޕޯޓްތަކުން ބުނާއިރު އެ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ ވެސް އަނީސް ބަޒްމީ އެވެ.

ޓީސީރީޒްގެ ފަރާތުން ގެނެސްދޭން އުޅޭ އެ ފިލްމުގެ ލީޑު ރޯލުން ޖޯން ފެންނަ އިރު، އެ ފިލްމުގައި އަނިލް ކަޕޫރު، އަރްޝަދް ވަރްސީ، ކްރިތީ ކަރްބަންދާ، އިލިއާނާ ކުރޫޒާ، އުރްވަޝީ ރޮޓޭލާ އަދި ޕުލްކިޓް ސަމްރާޓް ފަދަ ތަރިން ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް