ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 07:23
ސަންޖޭލީލާ ބަންސާލީ
ސަންޖޭލީލާ ބަންސާލީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ބަންސާލީގެ "ގަންގޫބާއީ" އަންނަ އަހަރު ރިލީޒްކުރަނީ
ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި

ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމު "ގަންގޫބާއީ" ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު, ގަންގްބާއީ ކޮތޭވާލީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓް ކަމަށް ބަންސާލީ ވަނީ ބުނެފައެވެ.

ފިލްމްގެ ބަތަލާގެ ނަން އިއުލާންކުރި ނަމަވެސް ބަތަލު ގެ ރޯލުން ފެނިދެންދާނެ ތަރިއެއް އިއުލާން ކޮށްފައެއް ނުވެއެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ ކާރްތިކް އާރްޔަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް