ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 18:52
ލީނާގެ ޕޯސްޓަރެއް
ލީނާގެ ޕޯސްޓަރެއް
ފޭސްބުކް
ލީނާ
"ލީނާ" ޔޫޓިއުބުން ނަގައި ބައިސްކޯފަށް!
ލީނާ މިހާރު ބައިސްކޯފު އެޕުން ބަލާލެވޭނެ
މުއާޒް ބުނީ ފިލްމު ޔޫޓިއުބުން ނަގާއިރަށް ޔޫޓިއުބަށް ލާ ކަމަށް

މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި ދިވެހި ފިލްމު "ލީނާ" ޔޫޓިބަށް ލީކް ކޮށްލުމުން އެ ފިލްމު ޔޫޓިއުބުން ނަގައި ބައިސްކޯފަށް ދީފިއެވެ.

އަބްދުﷲ މުއާޒް ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ޔޫޓިބަށް ލީކް ކޮށްލީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ލީކް ކޮށްލިކަން ކުރިން ޑައިރެކްޓަރަށް އެނގިފައިނުވާއިރު ފަހުން ވަނީ ބައިސްކޯފު މެދުވެރިކޮށް ޔޫޓިއުބުން ފިލްމު ނަގާފައެވެ. އަދި އެ ފިލްމު މިހާރު ބައިސްކޯފު އެޕުން ބެލެން ހުންނާނެއެވެ.

ރާއްޖެ އެމްވީ އަށް ވާހަކަ ދައްކަމުން މުއާޒު ބުނީ، ފިލްމު މިހާރު ބައިސްކޯފަށް ދިން ކަމަށާއި ބައެއް މީހުން އަނެއްކާވެސް ފިލްމު ޔޫޓިއުބަށް ލަމުން އަންނަ ކަމަށެވެ.

އެ ފިލްމު ފުރަތަމަ ފަހަރަށް ޔޫޓިއުބުން ނެގި އިރު 18 ހާހަށް ވުރެއް ގިނަ މީހުން ވަނީ އެ ފިލްމު ބަލާފައެވެ.

އއ. އުކުޅަހުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "ލީނާ" އަކީ މީގެ އަށާރަ ވަރަކަށް އަހަރު ކުރިން މާލޭ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނައެއް ތެރޭގައި ވަރަށް ރަހުމުކުޑަ ގޮތަކަށް މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ގެނެސްދީފައިވާ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެނުނީ މަރިޔަމް އައްޒަ އެވެ. އެއީ ފިލްމުގެ ޓައިޓަލް ކެރެކްޓަރ ލީނާގެ ރޯލެވެ. ލީނާގެ ގާތިލުގެ ރޯލުން މުއާޒް ފެނުން އިރު ލީނާގެ ލޯބިވެރިޔާގެ ރޯލުން ފެނުނީ އަލީ އާޒިމް( ދޮން އައްޔަ) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލުތަކުން އަހުމަދު ސައީދު، ޒީނަތު އައްބާސް، ނުޒުހަތު ޝުއައިބް އަދި އަހުމަދު އީސާ ފެނިގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް