Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 12:51
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
ރައްޔިތުންގެ މަޖިލިސް
އެހެން ރަށްރަށުގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔ
މާލެ މީހުންނަކީ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް ނިކަމެތި ބައެއް : މެންބަރު މީކާއިލް
އެޖެންޑާ 19 ގައި ބުނެފައިވާ ގޮތަށް ގޯތި ކަނޑަންޖެހޭ
ފުލެޓަކީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ނޫން
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވުރެ މާލޭގެ އާންމު މީހާ ނިކަމެތި

މާލޭގެ ގިނަ ރައްޔިތުންނަކީ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް ނިކަމެތި ރައްޔިތުންތަކެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މާލެއާއި އަތޮޅުތަކުން ފުލެޓް ދޫކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ތާއިދުކުރައްވާ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މާލޭ މީހެކޭ ބުނުމުން އާންމުގޮތެއްގައި ސިފަވަނީ 12 ބުރީގެ އިމާރާތަކާއި އެ އިމާރާތުން އެމީހާގެ ޖީބަށް ދާއިމީގޮތެއްގައި ބޮޑު އަދަދުން ވަންނަމުންދާ ކުލީގެ ފައިސާ ކަމަށެވެ.

Advertisement

ނަމަވެސް މިއީ ހަގީގަތެއް ނޫންކަމަށާއި، އާންމު އެވެރެޖް މާލޭ މީހާއަކީ 12 ބުރި އިމާރާތެއްގެ ވެރިއެއް ނޫން ކަމަށާއި، ދާއިމަށް ކުލީގެ ގޮތުގައި ފައިސާ ލިބެމުންދާ މީހެއް ވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އާންމު އެވެރެޖް މާލޭ މީހާއަކީ އެއަށްވުރެ ނިކަމެތި މީހެއް ކަމަށެވެ.

"އަޅުގަނޑު ދަންނަ އެވެރެޖް މާލޭ މީހާއަކީ އޭނާގެ އަމިއްލަ ރަށުގައި ވަންނާނެ ތަނެއް ނެތް މީހެއް. އޭނާގެ ހާލަކީ އޭނާގެ އަމިއްލަ ރަށުގައި އުޅެން މިޖެހެނީ ކުއްޔަށް. ކާފަ މާމަ އަދި މުނި މާމަގެ ގޯތި ފޮތި ފޮތި ކުރަމުން ގޮސް މިއަދު އޭނާއާއި އޭނާގެ ދަރިންނާއި، އޭނާގެ މާމަ ދަރިން ވަންނާނެ ތަނެއް ނެތް އަމިއްލަ ރަށުގައި. މިހާލަތުގައި ތިބި ބައެއް ގިނަ މާލޭ ރައްޔިތުންނަކީ،"
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

މީކާއިލް ވިދާޅުވީ އެއްވެސް ހާލެއްގައި ދައްކަވަން މިއުޅެނީ މާލޭގެ މަހުޖަނުންގެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެހެން ރަށްރަށުގެ މީހުންނަށް ވުރެވެސް މާލޭގެ ނިކަމެތި ރައްޔިތުންގެ ހާލު ބޮޑުކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެހެން ރަށްރަށުން ގޯތި ބަލައިގަންނަ އިރު އެ ގޯއްޗަކަށް ފައިސާ ދައްކާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް މާލޭގެ ބޯހިޔާވަހިކަން ނެތް މީހާ ގޯއްޗަކަށް ނުވަތަ އިންސާނަކަށް ދިރިނޫޅެވޭހާ ކުޑަ ކޮތަރުކޮށްޓަކަށްވުރެ ކުޑަ ފުލެޓަކަށް ކުރިމަތިލީމަ އޭނާގެ ގޯތިވެސް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ނުވިތާކަށް ގޯތި ދޫކޮށްލާފައި ފުލެޓްގަނޑު ލިބުމުން މުޅި އުމުރު ދުވަސް ހޭދަކުރަން މިޖެހެނީ އެއަށް ފައިސާ ދެއްކުމުގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.

"އަޅުގަނޑު ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާއަކީ ވެސް ބޯހިޔާވަހިކަމުގެ ގޮތުން ބަލާނަމަ މާލޭގެ އެންމެ ނިކަމެތި ރައްޔިތަކު ދިރިއުޅެމުން އަންނަ ދާއިރާ. 2011 ވަނަ އަހަރުވެސް ވެށިފަހި މާލޭގެ ޕްރޮގްރާމުގެ ދަށުން ގަލޮޅު ދެކުނު ދާއިރާއަށް ވެށިފަހި މާލެއަށް ކުރިމަތިލި މީހުންގެ ނިސްބަތަށް ބަލާއިރު 739 އާއިލާއެއް އެބަތިބި ބޯހިޔާވަހިކަމެއް ނެތި. މިއަދާ ހަމައަށް އެ ނަންބަރު ވަނީ ދެ ގުނައަށް އިތުރުވެފައި،"
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
މާލެ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް

މީކާއިލް ވިދާޅުވީ ފުލެޓްތަކުގެ ވާހަކަ ދައްކާ އިރު، މިހާރު ފުލެޓްތަކުގައި އުޅެމުންދާ މީހުންނަށް ވެސް ނަޒަރު ހިންގާލަންޖެހޭ ކަމަށެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގައި ހިމެނޭ މާލެ ހިޔާ އަދި ސިނަމާލެ ފުލެޓްގެ ހާލަތަކީ، އެއީ މީގެ 20 ވަރަކަށް އަހަރު ކުރިން އިމާރާތް ކުރި ފުލެޓްތަކެއް ކަމަށާއި، އެއީ މީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަންތަނެއް ނޫން ކަމަށެވެ.

އަދި އެތަނުގެ މެއިންޓެނެންސް ނުބެލެހެއްޓި އެތަނުގެ ހާލަތު ވަރަށް ދަށު ދަރަޖައިގެ ހާލަތަކަށް ވެއްޓި މިހާރު އެތަނުގައި ދިރިއުޅެމުންދާ މީހުންނަށް އެ ފުލެޓްތަކަކީ ސޭފްޓީ ރިސްކްތަކެއް އެކުލެވިގެންވާ ފުލެޓްތަކެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

"އެހެންކަމުން ބޯހިޔާވަހިކަމުގެ މަޝްރޫރުތައް ކުރިއަށްދާ އިރުގައި އެތާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އިތުރު ގޮތްތަކެއް އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ދެކެން. އަދި އެބޭފުޅުންނަށް ފުލެޓްތަކެއް ލިބިފައިވާކަމީ ކުރިއަށް އޮތްތަނުގައި އެބޭފުޅުންނަށް ފުލެޓަށް ކުރިމަތިލުމަށް މަހުރޫމްވެގެންދާން ޖެހޭކަމަށް ނުވުން އަޅުގަނޑު އެދެން،"
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

މީކާއިލް ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ކެމްޕޭން ކުރި އިރުގައި ވައުދުވެފައިވަނީ ގޯތި ކަނޑާފައި އެބޭފުޅުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް މިހާރު ފުލެޓްތަކަށް ބޮޑަށް ފޯކަސް ކުރެވެމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ ސިފައިގައި ވިސްނާ އިރު ފުލެޓްތަކަކީ ދުރުވިސްނުމަށް ބޯހިޔާވަހިކަމަށް އެހާ ރަނގަޅު ކޮންސެޕްޓެއް ނޫން ކަމަށެވެ. އެހެންކަމުން މި ހާލަތުން ދުރަށް އެޖެންޑާ 19 ގައި ބުނެފައިވާގޮތަށް ގޯތި ކެނޑުނު ވަރަކަށް ކަނޑައިގެން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ގޯތި ދޫކުރުމަކީ އެދޭ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
14 އޮކްޓޯބަރ 2019 | ހޯމަ 22:52
މޮހޯ
މާލޭ މިހުންނލަކީ އަތުންފައިން މަސައްކަތެއް ނުކޮށް އަލިފާދަނޑި ފޮއްޓެއްވަރުގެ ތަންކޮޅުވެސް ރާއްޖެ ތެރެއިން އަންނަމީހާއަށް ބޮޑުކުއްޔަށް ދީފައި ސިންގަޕޫރުގައި ނުނީ މެލޭސިޔާގައި ނޫނީ އިގިރޭސިވިލާތުގައި ދިރިއުޅެނީ ، ދެންޅޭ މާލޭމީހުން މާލޭގެ ބިންކޮޅު ދިހަބުހިޔަށް ހަދާފައި ކުއްޔަށް ދީފައި މާލޭގައި ބިންނެއް ކަމަށް ބުނެ ދޮގުހަދައި ގެން ހުަޅުމާލޭއިން ފުލެޓު،ގޯތި،ރޯހައުސް ވެސް؟އަހަރުމެންނަށް ފެންނަނީ މިމަންޒަރު ހުޅުމާލެއަކީ ދިވެހި ރާއްޖޭގެ އެންމެންގެތަނެއް ތިވިސްނުމަކީ ބަލައިގަނެވޭނެ ވިސްނުމެންނޫ
14 އޮކްޓޯބަރ 2019 | ހޯމަ 13:51
13013
މާލޭ މީހުން ބޭނުން ވީ ލާރި