އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ފިޝަރީޒް މިނިސްޓްރީއިން ކުރިއަށްގެންދިޔަ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވާރކްޝޮޕް ނިންމާލައިފިއެވެ.
މި ވާރކްޝޮޕް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު މިއަދު އިފްތިތާޙްކޮށް ދެއްވާފައިވާއިރު ވާރކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހު ދުވަހުގެ ހެނދުނު 09:00 އަކުން 12:00 އަށް މާގިރި ހޮޓެލްގައެވެ.
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ.
މިޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގައި ވޭތުވެދިޔަ އަހަރު ތެރޭގައި އިމްޕްލިމެންޓް ކުރެވިފައިވާ މަސައްކަތްތައް ޚިއްސާކުރުމެވެ. އަދި ޕްރޮޖެކްޓް އިމްޕްލިމެޓް ކުރުމަށް ދިމާވި ގޮންޖެހުންތަކާއި ޚާސިލްވެފައިވާ ފިލާވަޅުތައް ވާރކްޝޮޕްގެ ބައިވެރިންނަށް ޚިއްސާ ކޮށްފައިވެއެވެ.
މި ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވާރކްޝޮޕްގައި ޖުމްލަ 28 ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ވާރކްޝޮޕްގައި ބައިވެރިކުރުމަށް އިސްކަން ދެވިފައިވަނީ މެރިކަލްޗަރ ސިނާޢަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބޭފުޅުންނާއި ޕްރޮޖެކްޓް ހިންގާފައިވާ ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގެ ކައުސިލްގެ ބޭފުޅުންނާއި އަދި ހުއިފިލަނޑާގެ މަސައްކަތް ކުރާ ބޭފުޅުންނަށެވެ.