Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 13:29
ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އާމިރު އަހުމަދު
ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އާމިރު އަހުމަދު
ފޭސްބުކް
އަރުޝީފްގެ ޑިރެކްޓަރު ކަމަށް މުހައްމަދު އާމިރު
ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުހައްމަދު އާމިރު
އާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ، ހުސްނުހީނާގެ މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) އައްޔަނު ކުރައްވައިފިއެވެ.

ގައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސް ލިބިދޭ ބާރުގެ ދަށުންނެވެ.

Advertisement

ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އާމިރަކީ މީޑިޔާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިޔާ ގްރޫޕުގެ ޑިރެކްޓަރ އެޑްމިން އެންޑް އެޗްއާރުގެ މަގާމެވެ.

ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ޝާތިރެވެ. ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޝާތިރު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް