Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 08:48
އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އެމްއެންޑީއެފް
މޫސުމް
ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފި
އެލަރޓް ނެރެފައިވަނީ ހެނދުނު 08:00 އަކުން މެންދުރު 12:00 ޖެހުމާއި ހަމައަށް
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވޭ

ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ޔެލޯޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އަކުން މެންދުރު 12:00 ޖެހުމާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ރާއްޖޭގެ އެކިހިސާބުތަކައް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

Advertisement

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މައުލޫމާތުދެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފައެވެ. އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ސަދަން އޭރިއާ ސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ. އަދި ހިތަދޫގެ ބައެއް ގެތަކަށް ފެން ވަނުމާއި ގުޅިގެން އެ ގެތަކުގައި ވެލި ބަސްތާތައް ޖަހާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް