Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 10:12
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ކިކްއޮފް މީޓިންގ
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ކިކްއޮފް މީޓިންގ
އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި ކުނިން ހަކަތަ އުފައްދަން ފަށަން ތައްޔާރ
އައްޑޫގައި ކުނިން ހަކަތަ އުފައްދަން ފަށަން ތައްޔާރުވެއްޖެ
ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނޭ

އެންވަޔަރަމަންޓް މިނިސްޓްރީން އައްޑު ސިޓީ ހިތަދޫގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެއެވެ.

"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓު ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށްޓަކައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީއަށް ޖަމާކުރެވޭ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

Advertisement

ކުނިން ހަކަތަ އުފައްދާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.

ކައުންސިލްގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު އަހުމަދާއި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިފައިވާ ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗަރ ގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް