Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 10:17
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް / ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލް / ފޮޓޯ: އެމްއޭސީއެލް
ޓްވިޓަރ
އާ ސީޕްލޭން ޓާމިނަލް
އާ ސީޕްލޭން ޓާމިނަލް ބޭރުގެ ފަރާތަކަށް ދޭން ނިންމާފައި ނުވޭ: އަމީރު
ސީޕްލޭން ޓާމިނަލްގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކޮށްފައި ސަރުކާރުން އެއަށް ގޮތެއް ނިންމާނެ
އާ ސީޕްލޭން ޓާމިނަލް އަޅަން 32 ހެކްޓަރުގެ ބިން ހިއްކި، ޕްރޮޖެކްޓަށް 40 މިލިއަން ޑޮލަރު ހޭދަވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ ސީ ޕްލޭން ޓާމިނަލް ބޭރުގެ އެއްވެސް ބަޔަކަށް ދިނުމަށް ނިންމާފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް މިނިސްޓަރު ހާޒިރުވެވަޑައިގެން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭންގެ ޓާމިނަލް ބޭރުގެ ފަރާތަކަށް ދޭން ނިންމާފައި ނުވާނެ ކަމަށާއި، އެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކޮށްފައި ސަރުކާރުން އެއަށް ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއަށް އެއްވެސް ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާ ސީ ޕްލޭން ޓާމިނަލް، ނު އަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތުކޮށް އޮޑިޓެއް ހަދަން އޮޑިޓް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. އޮގަސްޓް 19 ވަނަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އެމްއޭސީއެލް އިން އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުޑަ އަގެއްގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެހެންވެއްޖެ ނަމަ އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު ވެސް ކުޑަވެގެން ދާނެ ކަމަށެވެ.

Advertisement

ސަރުކާރުގެ ހަރަދުގައި އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޭން ނިންމާފައިވަނީ ވެސް މީގެ އެތައް އަހަރެއް ކުރިން ދީފައިވާ އަގަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސީ ޕްލޭން ޓާމިނަލްގައި އެމްއޭސީއެލް އިން ލޯންޖު ހިންގައިގެން ބޮޑުފައިދާއެއް ހޯދަމުން އަންނައިރު އެ ތަން ހިންގުމުގެ ވަސީލަތްތައް ނެތް ކަމަށް ބުނެ ލޯންޖުތައް ވެސް ދޫކޮށްލުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ޔައުގޫބް ތުހުމަތު ކުރެއްވިއެވެ.

އެއާޕޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ފަޅު ހިއްކައިގެން ހަދާ އާ ޓާމިނަލް ހެދުމުގެ ގޮތުން 18،000 އަކަމީޓަރުގެ ސަރަހައްދެއް، ވަނީ ހިއްކާފައެވެ. އޭގެ އިތުރުން ސީ ޕްލޭންގެ ހެނގަރު ހެދުމަށް 14،000 އަކަމީޓަރު ބިން ހިއްކާފައިވެއެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 40 މިލިއަން ޑޮލަރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 އޮކްޓޯބަރ 2019 | އަންގާރަ 10:22
މިގޭ
އިންޑިޔާގެ ހިތްރުއްސަން ދޭނެ. ނުދޭންނިންމާފައޭ ބުނާނީ މީހުންގެ ކުރިމަރީ. އެކަމު ޔަހޫދީ ބައިގަނޑު ދައްކާވާހަކަ ދިމާލެއް ނުވާނެ.