ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 21:02
ދޮން އައްޔަގެ ދެމަފިރިން
ދޮން އައްޔަގެ ދެމަފިރިން
ފޭސްބުކް
ދޮން އައްޔަ
އެކްޓަރު ދޮން އައްޔަ ކައިވެނިކޮށްފި
ކައިވެނި ކުރީ އާދިއްތަ ދުވަހު
ކައިވެނީގެ ބައެއް ފޮޓޯތައް އާންމުކުރުމާއެކު ގިނަ ފަންނާނުންނާއި ރައްޓެހިން އަންނަނީ މަރުހަބާ ކިޔަމުން

ދިވެހި ފިލްމު އިންޑަސްޓްރީގެ އުހުގައި ފިޔަޖަހަމުން އަންނަ އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) ކައިވެނި ކޮށްފިއެވެ.

އައްޔަ ކައިވެނިކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު އެކެއް ޖަހާކަށް ހާއިރުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އައްޔަ ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހައްވާ ޖީނާ އާއެވެ.

ކައިވެނީގެ ބައެއް ފޮޓޯތައް އައްޔަ ފޭސްބުކްގައި އާންމުކޮށްފައިވާއިރު އެދެމަފަރިންނަށް ފިލްމީ ދާއިރާގެ ފަންނާނުންނާއި ރަހުމަތްތެރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ޑާންސް ގްރޫޕެއްގައި ނަށަން އުޅުނު އައްޔަ އެންމެ ފުރަތަމަ ފެންނަން ފެށީ ކުރު ފިލްމުތަކުންނެވެ. އެއަށްފަހު މަޑު މަޑުން ފީޗަރ ފިލްމުތަކުން ފެންނަމުން ގޮސް މި ފަހަކުން އުފައްދާފައިވާ ބައެއް ޑްރާމާ ތަކާއި ގިނަ ފިލްމުތަކުގެ މުހިއްމު ރޯލުތަކުން އޭނާ ވަނީ ފެނިފައެވެ.

އައްޔަ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ބޮސް"، "ހައްދު"، "ރަންދަރި"، "އާދޭސް"، "ފޯޓީ ޕްލަސް"،"ދައުވަތު" އަދި "ހުވާ" ފަދަ މަގްބޫލު ފިލްމުތައް ހިމެނެއެވެ.

- ކޮމެންޓް
7 އޮކްޓޯބަރ 2019 | ހޯމަ 02:33
ވަރިކުރި ފުޅު
ކިތައް ވަނަ ކައިވެނި ކަމާއި ދަރިން ތިބި އަދަދު ވެސް ހިމަނާލި ނަމަ އެސޮރު އަަލަށް މީހަކާއި އިނީ ނޫންކަން ކިޔުންތެރިންނަށް އެނގުނީސް. ލިޔުން ފުރިހަމަ ވީސް. މި ސައިޓުގަ ދިވެހި ލިޔާ އިރު އެބަ އުޅޭ ބަގެއް. "ލިޔުން ފުރިހަމަ" 2 ބަހުގެ ގޮތުގައި ނުލިޔެވުނު.
6 އޮކްޓޯބަރ 2019 | އާދީއްތަ 23:46
ޕީކޭ
އަނެއްކާ ވެސް؟