Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:49
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް
މުހިންމީ ދަރަނީގެ އަދަދެއް ނޫން، އިގްތިސާދު ކުރިއެރުވުން: މިނިސްޓަރ އަމީރް
ސަރުކާރުގެ މަގްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުން
މި ސަރުކާރުން މިހާތަނަށް ނަގާފައިވަނީ 1.9 ބިލިއަން ރުފިޔާގެ ދަރަނި
ސަރުކާރުން ވަނީ މިހާތަނަށް 325 މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް ރާއްޖޭގައި ވިއްކާފައި

މުހިންމީ ސަރުކާރުގެ ދަރަނީގެ އަދަދު ނޫން ކަމަށާއި ރާއްޖެ އިގްތިސާދު ކުރިއެރުވުން ކަމުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުން ކަމުގައެވެ. އަދި ރާއްޖޭގެ މެދު ފަންތީގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާން ފެށުމުން ގައުމުގެ އިގްތިސާދު ކުރިއަރަން ފަށާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރަނީގެ އަދަދަށް ވުރެ މުހިންމީ، އިގްތިސާދު ކުރިއަރާ މިންވަރާ އަޅާ ބަލާއިރު، ދަރަނީގެ ނިސްބަތް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އިރު ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައި ކަމަށާއި މި ސަރުކާރުން މިހާތަނަށް ނަގާފައިވަނީ 1.9 ބިލިއަން ރުފިޔާގެ ދަރަނި ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ނުވަތަ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަކީ ފަހުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ކަމުގައި ހަދައިދޭނެ ކަމުގެ ޔަގީންކަން އެ ސަރުކާރުން ދީފައިވާ ދަރަންޏެވެ. މިނިސްޓަރ ވަނީ ސަރުކާރުގެ ދަރަނި އިތުރުވާން ފެށީ މި ސަރުކާރު އައުމުން ނޫން ކަމުގައި ވިދާޅުވެފައެވެ.

Advertisement

މިނިސްޓަރ އަމީރް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާތަނަށް 325 މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް ރާއްޖޭގައި ވިއްކާފައި ވާނެ ކަމަށާއި މި ބިލް ތަކުގެ ތެރެއިން ގިނަ ބިލް ތަކަކީ ކުރިން ވިއްކާފައި ހުރި ބިލްތައް މެޗުއަރ ވުމުން ރޯލްއޯވަރ ކުރުމަށް ހުޅުވާލުމުން ބޭންކް ތަކުން ސަބްސްކްރައިބް ކޮށްފައިވާ ބިލްތަކެއް ކަމުގައެވެ.

ސަރުކާރުން ގުޅުން ބަދަހިކޮށްފައި ވަނީ ހަމައެކަނި އިންޑިއާ އާއި އެއްކޮށް ނޫން ކަމަށާއި ރާއްޖެ އިންޑިއާއަށް ދަރަނިވެރި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
1 އޮކްޓޯބަރ 2019 | އަންގާރަ 09:30
ގަނޑިޔަ 00150
ތިބޭފުޅުން ތި ކިއުއްވާ ލަވަޔަކާއި، ޖަހާބެރެއް ދިމަލެއްނުވޭ! ކުދި ، އަދި މެދު ފަންތީގެ ރީޓެއިލް ވިޔަފާރިވެރިން ( ގެސްޓް ހައުސް ފިޔަވައި) މި ވެއްޓުނު އަޑިގަނޑުން އެރުމަށް އެސް އެމް އީ ، ލޯނު ލިބުނު މީހަކު މިއުޑުދަށުގައިވޭތޯ! މުޅިންވެސް ބުނަނީ ރިސްކް ފެކްޓް ހައިވާ ވާހަކަ! ހާއްަކޮށް މާލޭ އޭރިޔާއޭ. ! ތީ ހަމަ ރައްއިތުން ޅޮސް އުދޯންޔަށްލައި ހައްލަން ދައްކާވާހަކަ! ޕުލީސް އިންހެރެޓް ސުޓޭބަލް އިކޮނަމީ އަންޑު ޕުރަވައިޑް އެފޯޑަބަލް ސޯސިއަލް ހައުސިން ސުކީމު ފަސްޓް!