Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:47
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް، ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމަގައި ވާހަކަދައްކަވަނީ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް، ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމަގައި ވާހަކަދައްކަވަނީ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް
މިހާތަނަށް 3.6 ބިލިއަން ރުފިޔާގެ، 129 ޕްރޮޖެކްޓް ހަވާލުކޮށްފިން: މިނިސްޓަރ އަމީރް
މިއަހަރު ނިމިގެން ދާއިރު ބަޖެޓުގައި އަލަށް ފައްޓަން ހުރި ހުރިހާ ޕްރޮޖެކްޓެއް ހަވާލުކުރެވިގެން ދާނެ
ޕްލޭން ކުރެވިފައިވާ ގޮތަށް ހުރިހާ ޕްރޮޖެކްޓެއް ފެށުމާއި އެކު އިގްތިސާދުގެ ދުވެލި އަވަސް ވެގެން ދާނެ

އެމްޑީޕީން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރާއި ހަވާލުމަށްފަހު މިހާތަނަށް ޓެންޑަރ މެދުވެރިކޮށް 3.6 ބިލިއަން ރުފިޔާގެ 129 ޕްރޮޖެކްޓް އެކި ފަރާތްތަކާއި ހަވާލުކުރެވިފައި ވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ސަރުކާރުގެ ދުވެލި ލަސް ނޫން ކަމަށާއި ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާކަމުގައެވެ. މިހާތަނަށް ފެނާއި ނަރުދަމާގެ 77 ޕްރޮޖެކްޓް އެއް ބިލިއަނަށް، 25 ރަށެއްގައި 26 ތައުލީމީ ޕްރޮޖެކްޓް 210 މިލިއަނަށް، ތިން ރަށެއްގައި ބޯހިޔާވަހިކަމުގެ ތިން ހައުސިންގް ޕްރޮޖެކްޓް 151 މިލިއަނަށް ފަށާފައި ވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ 16 ރަށެއްގައި ބަނދަރާއި ގޮނޑުދޮށް 37 ހެދުމުގެ 37 ޕްރޮޖެކްޓާއި ހަތް ރަށެއްގައި 561 މިލިއަން ރުފިޔާ އަށް، މަގު ހެދުމުގެ އަށް ޕްރޮޖެކްޓް ފަށާފައި ވާކަށް ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ގައުމުގެ އިގްތިސާދުގެ ދުވެލި މަޑު ޖެހިގެން ދިޔަ ނަމަވެސް އިގްތިސާދު ކުރިއެރުން މަޑު ޖެހިފައި ނުވާކަމުގައެވެ. އަދި މިއަހަރު ނިމިގެން ދާއިރު ބަޖެޓުގައި އަލަށް ފައްޓަން ހުރި ހުރިހާ ޕްރޮޖެކްޓެއް ހަވާލުކުރެވިގެން ދާނެ ކަމަށާއި ޕްލޭން ކުރެވިފައިވާ ގޮތަށް ހުރިހާ ޕްރޮޖެކްޓެއް ފެށުމާއި އެކު އިގްތިސާދުގެ ދުވެލި އަވަސް ވެގެން ދާނެ ކަމުގައެވެ.

Advertisement

ސަރުކާރާއި ހަވާލުވި އިރު މާލީ ނިޒާމް އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފަ ކަމަށާއި އެހެންނަމަވެސް މިހާރު އެކަންތައް ރަނގަޅުވެ ސަރުކާރުގެ ބަޖެޓު ތަންފީޒު ކުރުން ރަނގަޅުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބަޖެޓުގެ ކްރެޑިބިލިޓީ އަލުން އަނބުރާ ހޯދިއްޖެ ކަމަށާއި ފާސް ކުރާ ބަޖެޓާއި އެއްގޮތަށް މިހާރުގެ ސަރުކާރުގެ ހަރަދުތައް ބެހެއްޓިފައި ވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މަޝްރޫއު ތަކުގެ އަގު ވެސް ކުޑަ ވާނެ ކަމަށާއި ޓެންޑެރިންގ ޕްރޮސެސްގެ ދަށުން މަޝްރޫއުތައް ހަވާލުކޮށްފައި ވާނީ ދެފުންފެންނަ، ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގައި ކަމަށެވެ. އަދި ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ އިތުރުން ގްރީން ފަންޑުގެ މުއާމަލާތްތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ރައްޔިތުންނަށް ލިބެން ހުންނާނެ ކަމަށް ވެސް މިނސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުން މިހާތަނަށް އައި އިރު ބޭރުގެ އެތައް ގައުމަކާއި ގުޅުން ބަދަހި ކޮށްފި ކަމަށާއި، އޭގެ ސަބަބުން މި ސަރުކާރަށް ދިހަ މަސްދުވަހުގެ ތެރޭގައި 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިގެންގޮސްފިކަމުގައެވެ. މިއީ މިދިޔަ ސަރުކާރުގެ 150 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި އަޅާބާލާއިރު ބޮޑު އަދަދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް