Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 17:43
އޮގަސްޓް މަހު މިނިސްޓްރީއަށް ޖުމްލަ 168 މައްސަލައެއް ހުށައަޅާފައިވެ
އޮގަސްޓް މަހު މިނިސްޓްރީއަށް ޖުމްލަ 168 މައްސަލައެއް ހުށައަޅާފައިވެ
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ 40 މައްސަލަ!
ކުޑަ ކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާއި ގުޅޭ 101 މައްސަލަ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލައެއް
އަމިއްލަ ނަފްސަށް ގެއްލުން ދިންކަމުގެ ޖުމްލަ ނުވަ މައްސަލަ

ފާއިތުވި އޮގަސްޓް މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖިންސީ ހާނިއްކައިގެ 40 މައްސަލައެއް ހުށައަޅައިފާ ވާކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އޮގަސްޓް މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅައިފައިވާ މައްސަލަ ތަކުގެ ތެރެއިން 101 މައްސަލައަކީ ކުޑަ ކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާއި ގުޅޭ މައްސަލަތަކެވެ. ކުޑަ ކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަ ތަކުގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލައާއި، ޖިސްމާނީ ހާނިކައިގެ 23 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށައަޅައިފައެވެ.

މިނިސްޓްރީ އިތުރަށް ހުށައަޅައިފާ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ ހާނިކައިގެ އަށް މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލައިގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިން، އެކުދިންނަށް ލިބެންވާ ހައްގުތަކުން މަހްރޫމު ކުރުމަށް އެކުދިންގެ އައިޑީކާޑޫ، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހިފެހެއްޓުމުން މި ތަކެތި ހޯދުމަށް ދެ މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ.

ކުޑަކުދިންގެ އަހުލާގާއި ގުޅުންހުރި ހަތަރު މައްސަލައެއް ފާއިތުވި މަހު މިނިސްޓްރީއަށް ހުށައަޅައިފައި ވެއެވެ، އެއީ ގެއިން ނުކުމެގެން ދިޔަ ކަމުގެ ތިން މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުން ހުށައަޅައިފައިވާ އެއް މައްސަލައެވެ.

Advertisement

ވަކި ޖިންސަކަށް ވީތީވެ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 25 މައްސަލައެއް ފާއިތުވި މަހު ވަނީ ހުށައަޅާފައެވެ. މި މުއްދަތުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ އަށް ރިޕޯޓަކާއި، ނަފްސާނީ އަނިޔާގެ އަށް ރިޕޯޓު ވަނީ ހުށައަޅާފައެވެ. ބާރާއި ނުފޫޒު ފޯރުވުމުގެ ތިން މައްސަލައާއި، ޖިންސީ ހާނިއްކަކުރުމުގެ ދެ މައްސަލައާއި، ރޭޕްކުރުމުގެ ދެ މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ދެ މައްސަލަ ވަނީ އޮގަސްޓް މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅައިފައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލައެއް ވެސް ވަނީ މި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ނުވަ މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އެއް މައްސަލައެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިންކަމުގެ ޖުމްލަ ނުވަ މައްސަލައެއް ވެސް އޮގަސްޓް މަހުގެ ތެރޭގައި، މިނިސްޓްރީއަށް ހުށައަޅައި އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީ އިން ނެރިފައިވާ ތަފާސްހިސާބްތައް ދައްކާ ގޮތުން، އޮގަސްޓް މަހު މިނިސްޓްރީއަށް ޖުމްލަ 168 މައްސަލައެއް ހުށައަޅާފައިވެއެވެ. މިއީ މިއަހަރުގެ ޖުލައި މަހު މިނިސްޓްރީއަށް ރިޕޯޓް ކުރެވުނު މައްސަލަތަކަށް ވުރެ 21 އިންސައްތަ މަދު އަދަދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް