ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 19:17
ފާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ބިންހެލުމުގައި ގެއްލުން ލިބިފައި
ފާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ބިންހެލުމުގައި ގެއްލުން ލިބިފައި
ހިންދުސްތާނީ ޓައިމްސް
ޕާކިސްތާނުގެ ބިންހެލުން
މިނިސްޓަރ ޝާހިދު ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
 
ޕާކިސްތާނަށް އައިސްފައިވަނީ 5.8 މެގްނިޓިއުޑްގެ ބާރު ގަދަ ބިން ހެލުމެއް

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކު ކަމަށް ވިދާޅުވިއެވެ.

މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމަށް ވިދާޅުވެ، މި ޙާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ޕާކިސްތާނަށް އައިސްފައިވަނީ 5.8 މެގްނިޓިއުޑްގެ ބާރު ގަދަ ބިން ހެލުމެކެވެ.

ޕާކިސްތާނުގެ ކަޝްމީރަށާއި ޕަންޖާބު ޕްރޮވިންސްތަކަށް އައި މި ބިންހެލުމުގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ބިން ހެލުމުގެ އަސަރު ކުރި ތަންތަނަށް ބޮޑެތި ގެންލުންތަކެއް ލިބިފައިވާއިރު، 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް