ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 21:46
ވޭނު މާދަވް
ވޭނު މާދަވް
ޓައިމްސް ނައު
ވެނޫ މާދަވް
600 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އެކްޓަރު ވޭނު މާދަވް މަރުވެއްޖެ
މަރުވީ އުމުރުން 39 އަހަރުގައި

ތެލަގޫ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ކޮމޭޑިއަން ވޭނު މަދާވް މަރުވެއްޖެއެވެ.

ހައިދަރް އާބާދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 39 އަހަރުގެ މާދަވް މަރުވެފައިވަނީ ބުދަ ދުވަހުއެވެ. ތެލަގޫ ފިލްމު އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ ނޫހަކުން ބުނެފައިވަނީ ދެ ހަފްތާ ވަންދެން ޔަޝޯދާ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު އާދިއްތަ ދުވަހު މާދަވް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

މާދަވް މަރުވުމާއި ގުޅިގެން ތެލަގޫ ފިލްމް އިންޑަސްޓްރީގެ ގިނަ އެކްޓަރުންތަކެއް ދަނީ އެ ހިތާމާގައި ބައިވެރިވަމުންނެވެ. ތެލަންގާގެ ސޫރްޔަޕެތްގެ އަށް އުފަންވި މާދަވް މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ މިމިކްރީ އާޓިސްޓެއް ގޮތުގައެވެ. މާދަވްގެ ހުނަރު ފެނި އޭނާ އަށް ފިލްމަކުން ފުރުސަތު ލިބުނީ 1996 ވަނަ އަހަރުއެވެ. މާދަވް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް 600 އަށް ވުރެ ގިނަ ފިލްމުތަކެއް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
28 ސެޕްޓެންބަރ 2019 | ހޮނިހިރު 11:42
ރަނގަޅުކޮށްލާ
51 އަހަރު
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 07:46
ޢާދަނުބެ
ދެންއޮތީ ކުޅުނު ފިލްމްތަކުގެ ހިސާބުބެލުން ތިހިސާބުން ފިލްމު ކުޅުން ނިމުނީ