ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 21:44
ރާނޫ މޮންޑާލް
ރާނޫ މޮންޑާލް
ބޮލީވުޑް ހަންގާމާ
ރާނޫ މޮންޑާލް
ރާނޫ މޮންޑާލްގެ ބައޮޕިކް އެއް ހަދަނީ
ފިލްމު ރިލީޒް ކުރަނީ އަންނަ އަހަރު

ރެއިލްވޭ ސްޓޭޝަން ގައި ލަވައެއް ކިޔައިގެން އިންޓަނެޓްގައި މަޝްހޫރުވި ރާނޫ މޮންޑާލްގެ ބަޔޯޕިކް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާނޫގެ ބަޔޯޕިކް ހަދަން ނިންމާފައިވަނީ ފިލްމު ހަދާ ފަރާތެއް ކަމަށްވާ ރިޝިކޭޝް މޮންޑާލްއެވެ. އެ ފިލްމުގައި ރާނޫގެ ރޯލް ކުޅެނީ ބެންގާލީ އެކްޓަރު ސުދިޕްތާ ޗަކްރޮބަތީ އަށް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ރަނާގަޓް ރެއިލްވޭ ސްޓޭޝަނުން ބޮލީވުޑަށް އައުމަށްކުރި ދަތުރުގެ ވާހަކައެެވެ.

އެ ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ ރާނޫގެ އަވަށް ރަނަގަތް އަދި ކޮލްކަތާގައެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ރާނޫ ލަވަ ކިޔާ ވީޑިއޯ އެންމެ ފުރަތަމަ ޝެއަރ ކޮށްފައިވަނީ ފޭސްބުކްގެ "ބަރްޕެޓާ ޓައުން ދަ ޕްލޭސް އޮފް ޕީސް' ގައި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ވީޑިއޯ އަށް ވަނީ ދެ ދުވަހުގެ ތެރޭގައި ދެ މިލިއަނެއްހާ ވިއުސް ލިބިފައެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ''އެކް ޕިޔާރުކާ ނަގްމާހޭ'' ލަވަކިޔައިގެން އާއްމުންގެ ހިތް އަތުލައިގަތް ރަނޫ މޮންޑަލް އަށް ހިމޭޝް ރެޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު "ހެޕީ ހާރޑީ އެންޑް ހީރް" ގެ ލަވައެއް ކިޔުމުގެ ފުރުސަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް