ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 20:44
އޮޕަރޭޝަނެއްގައި ފުލުހަކު މޫނު ނިވާކޮށްގެން ހަރަކާތްތެރިވަނީ
އޮޕަރޭޝަނެއްގައި ފުލުހަކު މޫނު ނިވާކޮށްގެން ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޕޮލިސް
ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު މީހަކު ހައްޔަރުކޮށްފި
 
މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ
 
އޭނާ ހައްޔަރު ކޮށްފައި ވަނީ 23 ސެޕްޓެމްބަރުގައި
 
ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް

ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ފަރީދީ މަގު, ހިލާލީގެ ކައިރީގައި މިމީހާ ހުރިއިރު އަމަލުތައް ހުރި ގޮތުން، ފުލުހުން ގޮސް އޭނާ ބަލާ ފާސްކުރުމުން އޭނާގެ އަތުން ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށެވެ. އަދި އެދުވަހުގެ 3:50 ހާއިރު އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ދިރިއުޅޭގެ ފުލުހުން ބަލާ ފާސްކުރުމުން އެގެއިންވެސް ފުލުހުންނަށް ވަނީ ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިކަމަށެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާދީފައިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
18%
6%
65%
0%
12%
ކޮމެންޓް